ދައުލަތުގެ ކުންފުނިތަކުން ވިޔަސް ނުވަތަ ސިވިލް ސާރވިސް ގެ ވަޒީފާއެއް ކަމުގައި ވިޔަސް ހުރިހާ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން މުސާރާ ދޭ ވަޒީފާ އެއްނަމަ އެ ވަޒީފާއަކީ އެމަޤާމަކަށް އެންމެ ބޮޑަށް ޝަރުތު ފުރިހަމަވާ ކޮންމެ މީހަކަށްވެސް ލިބެންޖެހޭ ވަޒީފާއެކެވެ. ވަކި ޕާޓީއަކަށް ނުވަތަ ވަކިފިކުރަކަށް ނުވަތަ ވަކިމީހަކަށް ތާއީދު ކުރުމަކުން ނުވަތަ ވަކިމީހަކާ ގާތްވުމަކުން ލިބެންޖެހޭ ވަޒީފާއެއް ނޫނެވެ. ދައުލަތުން މުސާރަ ދޭގޮތަށް ހަމަޖެހޭ ވަޒީފާތަކަކީ އެކަމަށް ޤާބިލް ދިވެހި ކޮންމެ މީހެއްގެ ހައްޤަކަށް ވާއިރު އެކަން އެގޮތަށް ކުރީސަރުކާރުން ނުކުރާ ކަމަށް ވަކާލާތުކޮށް އިހުތިޖާޖް ކޮށްގެން އަދި ރައްޔިތުންނަށް އެކަން ވިސްނައިދީގެން އައި ސަރުކާރުގެ ތެރެއިން އެކަން އެގޮތަށް ކޮށްގެންނުވާނެއެވެ.

ނަމަވެސް ހިތާމައާއި ލަދުވެތިކަމާއެކު ބުނަންޖެހެނީ ގދ.ތިނަދޫ އިން ފެންނަނީ އެމަންޒަރު ނޫން ކަމެވެ. 2018 ގައި ވުޖޫދުވި ރައީސް އިބްރާހީމް މުޙައްމަދެ ޞާލިޙް ގެ ސަރުކާރު އައިފަހުން ތިނަދޫ އިން ކުންފުންޏަކުން ވަޒީފާއެއް ލިބުނަސް ނުވަތަ ދައުލަތުގެ އެހެންތާކުން ވަޒީފާއެއް ލިބުނަސް ވަޒީފާއެއް ލިބެނީ އެމްޑީޕީ ގެ މެމްބަރުންނަށް ނުވަތަ އެމްޑީޕީ ގެ ތިނަދޫގެ އިސްފަރާތްތަކުން ބޭނުންވާ މީހަކަށް ކަމެވެ. ވޭތުވެދިޔަ ދެއަހަރާއި ބައި ގެ ތެރޭގައި ތިނަދޫ އިން އެނޫންގޮތަކަށް ވަޒީފާއެއް ލިބިފައި ނުވުމަކީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމެވެ. ސަރުކާރަށް ތާއިދު ކުރާ ނުވަތަ ސަރުކާރުގެ ބައިވެރިންނަށް ވަޒީފާ ލިބޭނަމަ އެމްޑީޕީ އާއެކު ސަރުކާރުގައި ހިމެނޭ އެހެން ޕާޓީތަކުގެ މީހުންވެސް ތިނަދޫ ގައި ތިބިކަމާއި އަދި އެފަދަ މީހުންވެސް އިޢުލާންކުރާ ވަޒީފާތަކަށް އެދި ހުށަހަޅާކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެކަމަކު އެމީހުންނަށް ވަޒީފާ ނުލިބި ވަޒީފާ ލިބޭމީހުންނަކީ އެމީހުންނަށްވުރެ ތަޢުލީމީ ޤާބިލް ބައެއް ނޫންކަންވެސް އެއީ ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެބަޔަކަށް ވެވުނުވަރަކުން ޚަރަދުކޮށް މިސަރުކާރު ގެންނަން ތިނަދޫގައި މަސައްކަތް ކުރީއަކީ ހަމައެކަނި އެމްޑީޕީ މީހުންނެއް ނޫނެވެ. ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ފިޔަވާ އެހެން ޕާޓީ ތަކަށް ނިސްބަތްވާ ފަރާތްތަކުންވެސް ޚަރަދުކޮށް މަސައްކަތް ކޮށްފައިވާކަން ތިނަދޫ އެންމެނަށްހެން އެގެއެވެ. އެފަރާތްތަކުންވެސް ޖަގަހަތައް ހުޅުވައިގެން ކެމްޕެއިންކޮށް އަދި ކުރަންޖެހުނު ޚަރަދެއް ވިއްޔާ އެމްޑީޕީ އެކޭ އެއްގޮތަށް ޚަރަދުވެސް ކުރިކަން އެގޭނޭ ކިތަންމެ ބަޔަކު ތިނަދޫ އެމްޑީޕީ ގައިވެސް އުޅޭނެއެވެ. 2018 ވަނައަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް، ކެމްޕެއިނަށް ތިނަދޫ އަށް ވަޑައިގެން އެހެނިހެން ޕާޓީ ތަކުގެ ޖަގަހަތައް ވެސް ހުޅުއްވައި ދެއްވިކަމީ ތާރީޚުން ފެންނަން ހުންނާނެ ކަންކަމެވެ. ހަމައެއާއެކު ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެމްއާރއެމްގެ ޓީމެއް ގދ. އަތޮޅުގެ ހުރިހާރަށަކަށް ކެމްޕެއިންއަށް ދިޔައިރު ތިނަދޫގެ އެހެން އެއްވެސް ޓީމަކުން އަތޮޅުތެރެއަށް ގޮސްގެން ކެމްޕެއިން ކޮށްފައިނުވެއެވެ.

މިސަރުކާރު އައިފަހުން މިއަދާ ހަމަޔަށް ސިޔާސީ އެތައް މަޤާމެއް ތިނަދޫގެ އެތައް ބަޔަކަށް ދީފައިވާއިރު މުޅިންހެން ސިޔާސީ ވަޒީފާ ލިބިފައިވަނީ އެމްޑީޕީ މީހުންނަށެވެ. އެއް އޮފީހަކަށް ސިޔާސީ ދެ މަޤާމް ދީފައިވާ އޮފީހެއް ވެސް ތިނަދޫގައި ހުރިއިރު އަދި ހަމައެހެންމެ ކުރީގެ އެއްވެސް ސަރުކާރަކުން ސިޔާސީ ވަޒީފާ ނުދޭހާ ގިނަ ސިޔާސީ ވަޒީފާތައް މިސަރުކާރުން މިހާރު، ތިނަދޫގައި ދީފައިވާއިރު މިހުރިހާ ވަޒީފާތަކެއްވެސް ލިބިފައިވަނީ އެމްޑީޕީ މީހުންނަށެވެ. މިސަރުކާރު ގެންނަން މަސައްކަތްކޮށް ޚަރަދުކޮށް، ޤުރުބާނީތަކެއް ވެގެން ސިޔާސީ ވަޒީފާއެއް ލިބޭނެނަމަ ވަޒީފާ ލިބެންޖެހޭ އެމްޑީޕީ އަށް ނިސްބަތްނުވާ އެހެނިހެން ޕާޓީތަކަށް ނިސްބަތްވާ ފަރާތްތައްވެސް ތިނަދޫގައި އެބަތިއްބެވެ. އެމްޑީޕީ އަށް ނިސްބަތްވާ މީހުންނަށް ވަޒީފާ ދީފައި ބާކީވާ ދުވަހަކުން އެފަރާތްތަކަށް ވަޒީފާ ލިބޭނެނަމަ އެދުވަހެއް ދުނިޔެ ހިނގާހާ ދުވަހަކު ތިނަދޫއަކުން ފެންނާނެ ކަމަކަށް ނުބެލެވެއެވެ. 2018 ވަނައަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރިއިރު ކޯލިޝަނުގެ ޕާޓީތަކުން އެއިރުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އާއެކު ވަކިވަކިން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ސަރުކާރެއްގައި ސިޔާސީ ވަޒީފާތަކާއި އެހެނިހެންވެސް މަތީ މާޤާމްތައް ދޭނެ ވަކި ނިސްބަތެއް ކަނޑައަޅާފައި ވެއެވެ. އެގޮތުން އެމްޑީޕީ އަށް %40، ޖުމްހޫރީޕާޓީ އަށް %25 އެމްއާރއެމް އަށް %20 އަދި އަދާލަތުޕާޓީ އަށް %15 ކަނޑައަޅައި އެމްޑީޕީ އިންވެސް އެކަމަށް އެއްބަސްވެ އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފު ސޮއި ކޮށްފައިވެއެވެ. އެހެންކަމުން އެއިރު އެންމެންވެސް އުއްމީދުކޮށް ޔަޤީންކޮށްގެން ތިބޭނީ ލިޔެކިޔުމުން އެއްބަސްވެފައިވާ ގޮތަށް ކަންކަން ވާނެކަމާއި އެގޮތުގެ މަތިން ކޯލިޝަނުގެ އެހެން ޕާޓީތަކަށްވެސް ވަޒީފާލިބޭނެ ކަމަށެވެ. އެކަމަކު ކަންކަން ހިނގަމުން ދަނީކީ ލިޔެކިޔުމުން އެއްބަސްވެފައިވާ ނުވަތަ އެތައް ބަޔަކު ޔަޤީންކޮށްގެން ތިބިގޮތަކަށް ނޫނެވެ.

ކޮންމެއަކަސް ސިޔާސީ ކަންކަމުގައި އިތުބާރަކީވެސް ވަރަށް މުހިއްމު އަދި ވަރަށް ބޭނުންޖެހޭ އެއްޗެކެވެ. އެހެން މީހުންގެ ކައިރިއަށް ނުގޮސް ތިމަ ތިމާމެންނަށް ތިބެވޭނީ ވެސް ވަކިދުވަހެއް ވަންދެކަށެވެ. އެމީހުން ކައިރިއަށް ދާންޖެހޭ ދުވަސް އައުމުން ގޮސް ދައްކާނެ ވާހަކައެއް ނުވަތަ ދޭނެ ޔަޤީން ކަމެއް ނެތުމަކީ ތިމާމެންގެ މަޤުޞަދު ޙާޞިލްކުރުމަށް އެޅޭނެ ހުރަހެކެވެ. އެއިރު އޮންނާނީ ހެދުނު ގޯސް އަލުން ރަނގަޅު ކުރުމުގެ ފުރުޞަތު ގެއްލިފައި ކަމަށް ވުމަކީ ނުވުމަށްވުރެ ވުން ގާތްކަމެކެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅެއްގައިވާ ގޮތުން މުއުމިނެއްގެ ގަޔަށް އެއް ހަރަކުން ދެފަހަރަށް ކައްޓެއް ނުޖެހޭނެ އެޞޫލުން ކަންކަން ވުމަކީ ވާނެކަމެއްކަން ޔަޤީނެވެ. އަދި ގެއްލިއްޖެ އިތުބާރަކީ އަނބުރާ ހޯދަން ފަސޭހަ ކަމެއް ނޫންކަންވެސް ދަންނަން ޖެހެއެވެ.


3 Responses
އިބޫ ސަރުކާރުން ވަޒީފާ ދެނީ އެކަމަށް ގާބިލް ބަޔަކަށް. އެކި ދާއިރާ ތަކުން ފަންނީ ތަމްރީން ފުރިހަމަ ކޮށްފައޮވާ މީހުންނަށް . މިސާލަކަށް ނަންކިޔަނީ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ ގެ ނަމުން. މިއީ އެއްވެސް ގައުމެއްގައި މަގާމަކަށް ކިޔާ ގޮތެއް ނޫން. އާއްމު ކޮށް ކިޔާ އުޅެނީ.އެގްޒެކްޓިވް ޑިރެކްޓަރ. ނުވަތަ ޑިރެކްޓަރ ޖެނެރަލް. ނުވަތަ އެގްޒެކްޓިވް ޑިރެކްޓަރ ޖެނެރަލް މިހެން.. ގިންއިން ވަޒީފާ ދީފައި ތިބީ ޖެންޑަރ ގެ ދާއިރާއަށް ހީވަނީ އަންހެނުންނާއި ބެހިގެން ގިނަ ކޯސްތަކެއް ތިނަދޫގައި މަގާމްގައި ތިބި ސީނިއަރ އެގްޒެކްޓިވުން ހަދާފައު ހުރީހެން
ގދ. އަތޮޅު ކައުންސިލް ގެ ރައީސް ކަމަށް ކުރިމަތި ލާފައިވާ މުހައްމަދު ހަސަން (ދުންބޯ) މިހާރުވެސް އެހުންނަނީ ސަރުކާރުގެ އެއްގަމު އުޅަނދު ގެ ކުރިމަތީގައި ޕަރކް ކޮށްގެން ނިދާފައި. އޭނަ މަހަށް ދިޔަ މަގުމތީގައި ހުރީ ރޯޑް ޑިވެލޮޕްމެންޓުން މާސްޓަރ ހަދާފައި ތޯއްޗެއް؟ އޭނަ އަކީ ރީޖަނަލް މެނޭޖަރ. ސަރުކާރުގެ އުޅަނދާއި ފައިސާ މުދާ ބޭނުންކޮށްގެން މިހާރުވެސް އެދަނީ ކައުންސިލް އަށް ކެމްޕެއިން ކުރަމުން. މިއީތޯ ނަޒާހަތްތެރި ކަމަކީ. އޭސީސީ ކޮބައިތޯ؟
Dhen MRM aa Jp aa Ap aa baarah aiy jahaa, adhives veevarakun korapt faisaa gandu bajaa dhen e baigandah furithan ves athaku nuvaane.