37،020 ފަތުރުވެރިން ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅަށް

37،020 ފަތުރުވެރިން ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅަށް

ފަތުރުވެރިކަމަކީ ރާއްޖެއަށް އާމްދަނީ އެތެރެކުރުމަށް ވަރަށް މުހިންމު ރޯލެއް އަދާ ކުރާ ކަމެކެވެ. މިގޮތުން ފަތުުރުވެރިކަމަކީ ގައުމުގެ ޖީޑީޕީގެ ބޮޑު ބަޔަކަށް ވުމާ އެކު، ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އެކިއެކި ވަޒީފާގެ ފުރުސަތުތައް ވަނީ ހުޅުވާލެވިފައެވެ.

1،021،280 ފަތުރުވެރިން ވަނީ މިއަހަރު ރާއްޖެެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މި އެއް މިލިއަން ފަތުރުވެރިން ތެރެއިން، 37،020 ފަތުރުވެރިން ވަނީ ދެކުނުގެ ހަތަރު އަތޮޅު ސ، ފުވައްމުލައް ސިޓީ، ގދ. އަދި ގއ. އަށް ޒިޔާރަތްކޮށްފައިވާކަން ޓޫރިޒަމް މިނިސްޓްރީއިން ވަނީ އަންގާފައެވެ. މިއީ ރާއްޖެއަށް މިހާ ތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 3.7 ޕަސެންޓެވެ. ފަތުރުވެރިންނަށް 175 ރިސޯޓު، 863 ގެސްޓްހައުސް، 159 ސަފާރީ އަދި 16 ހޮޓާ ރާއްޖޭގައި މި ވަގުތު ދަނީ ހިންގަމުންނެވެ.

 

  • ހއ. އަތޮޅު: 7،538 ފަތުރުވެރިން – %0.7
  • ހދ. އަތޮޅު: 3،082 ފަތުރުވެރިން – %0.3
  • ށ. އަތޮޅު: 8،515 ފަތުރުވެރިން – %0.8
  • ނ. އަތޮޅު: 45،674 ފަތުރުވެރިން – %4.5
  • ރ. އަތޮޅު: 77،954 ފަތުރުވެރިން – %7.6
  • ބ. އަތޮޅު: 57،352 ފަތުރުވެރިން – %5.6
  • ޅ. އަތޮޅު: 45،189 ފަތުރުވެރިން – %4.4
  • ކ. އަތޮޅު: 449،513 ފަތުރުވެރިން – %44
  • އއ. އަތޮޅު: 67،051 ފަތުރުވެރިން – %6.6
  • އދ. އަތޮޅު: 90،953 ފަތުރުވެރިން – %8.9
  • ވ. އަތޮޅު: 35،111 ފަތުރުވެރިން – %3.4
  • މ. އަތޮޅު: 11،654 ފަތުރުވެރިން – %1.1
  • ފ. އަތޮޅު: 3،369 ފަތުރުވެރިން – %0.3
  • ދ. އަތޮޅު: 50،657 ފަތުރުވެރިން – %5.0
  • ތ. އަތޮޅު: 2،006 ފަތުރުވެރިން – %0.2
  • ލ. އަތޮޅު: 3،955 ފަތުރުވެރިން – %0.4
  • ގއ. އަތޮޅު: 14،112 ފަތުރުވެރިން – %1.4
  • ގދ. އަތޮޅު: 9،455 ފަތުރުވެރިން – %0.9
  • ފުވައްމުލައް ސިޓީ: 3،691 ފަތުރުވެރިން – %0.4
  • ސ. އަތޮޅު: 9،673 ފަތުރުވެރިން – %1
ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *