ކަސްޓްމްސްގެ ދެކުނު ރީޖަނަލް އޮފީސް އައްޑޫގައި ހުޅުވައިފި

ކަސްޓްމްސްގެ ދެކުނު ރީޖަނަލް އޮފީސް އައްޑޫގައި ހުޅުވައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެކުނު ރީޖަނަލް އޮފީސް، އައްޑު އަތޮޅު މަރަދޫގައި ހުޅުވައިފިއެވެ.

މި އޮފީސް ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އަލި އިހުސާން އާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ.

އައްޑޫ ސިޓީ މަރަދޫގައި ދެކުނު ކަސްޓަމްސްގެ ސަރަހައްދީ އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި އޮފީހުގެ މަސައްކަތް ބައްޓަންވެގެން ދާނީ މިސަރަހައްދުގެ ޑޮކިއުމެންޓޭޝަން މަސައްކަތަށް ކަމަށާއި މުޅި ރާއްޖޭގައި ވެސް ކަސްޓަމްސް ބައެއް ހިދުމަތްތައް ދެވޭ ވަރުގެ އޮފީހަކަށް މި އޮފީސް ހެދުމަކީ އަމާޒެއް ކަމަށެވެ.

މިނިސްޓަރ ވަނީ އައްޑޫއަކީ މަދު ވިޔަފާރިވެރިން ތިބި ނަމަވެސް ގިނަ މުދާ އެތެރެކުރެވޭ ތަނެއް ކަމަށާއި އެހެންކަމުން ވިޔަފާރިތަކަށް ފަހިވާގޮތަށް ކަންކަން އިންތިޒާމުކޮށް ދިނުމަށް އެދިވަޑައިގަންނަވާފައެވެ.

މީގެއިތުރުން އަލަށް ހުޅުވުނު ކަސްޓަމްސް އޮފީހުގެ މަސައްކަތް ބައްޓަންވެގެން ދާނީ މިސަރަހައްދުގެ ޑޮކިއުމެންޓޭޝަން މަސައްކަތަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކަސްޓަމްސްއިން ދޭ ބައެއް ޚިދުމަތްތައް މާލެއިން ބޭރުގައި ދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *