މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބޯޑަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި ރައީސް ނަންފުޅު ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި އެ ފުރުސަތު ހުޅުވާލައިފިއެވެ.
މަޖިލީހުން ނެރުނު އިއުލާނެއްގައި ވިދާޅުވެފައިވަނީ މީރާގެ ބޯޑަށް ބޭފުޅަކި އައްޔަންކުރުމުށް ރައީސް ނަންފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާ ހުށަހެޅުމަށް ހަވާލާދީފައިވާ އިއުލާނުގައިވާ މުއްދަތު މިއަދުގެ 18:00 ގެ ނިޔަލަށް އަވަސް ކުރުމަށް މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައި ކަމަށެވެ.
އެ ބޭފުޅުންނަކީ:
- ދަހާ ޝުއައިބު / ހ. ކެރީބިއަން
- އަބްދުﷲ އިމްރާން / މާލަމް، ރ. ހުޅުދުއްފާރު
- މަހްޒޫމް ސަލީމް / ޝަބްނަމްގެ، ކ. ކާށިދޫ
- އާމިނަތު އާފިޔާ / ދަފްތަރު ނަންބަރު ރސ 13462
އެ ފަރާތްތަކާއި ގުޅޭގޮތުން އާންމުންގެ ޝަކުވާއެއްވާނަމަ މިއަދުގެ 18:00 ގެ ކުރިން ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް އެ ޝަކުވާއެއް އެ ކޮމިޓީގެ އީމެއިލް އެޑްރެސް އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދެއްވުން މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިއުލާނުގައި ވިދާޅުވެފައިވެއެވެ.

