ކޮވިޑުގެ ބަލިމަޑުކަންއަދި ނިމުމަކާ ގާތްވެސް ނުވޭ

ކޮވިޑުގެ ބަލިމަޑުކަންއަދި ނިމުމަކާ ގާތްވެސް ނުވޭ

ކޮވިޑުގެ ބަލިމަޑުކަން އަދި ނިމުމަކާ ގާތްވެސް ނުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާ އިއްޔެ ބައްދަލުކުރައްވައި ޓެޑްރޮސް ވިދާޅުވީ މި ބަލިމަޑުކަމަކީ ކޮންޓްރޯލް ކުރެވިދާނެ އެއްޗެއް ކަމަށާއި އެގޮތުން މިއަހަރުގެ ފުރަތަމަ ދެ މަހު ކޭސްތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. ނަމަވެސް މި ބަލިމަޑުކަން ނިމުމަކާ އަދި ގާތްވެސް ނުވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ހާލަތު އަނެއްކާވެސް ދަނީ ގޯސްވަމުން ކަމަށާއި ބައެއް ގައުމުތަކުގައި ރަނގަޅު ފިޔަވަޅުތައް އަޅާފައިނުވާ އިރު އަނެއްބައި ގައުމުތަކުގައި އަޅާފައި ހުންނަ ފިޔަވަޅުތަކަށް ރައްޔިތުން ތަބާވާތަން ނުފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރުވެސް ގިނަ ގައުމުތަކެއްގައި އިންޓެންސިވް ކެއާ ޔުނިޓު (އައިސީޔޫ) ތައް ފުރެމުންދާ ކަމަށެވެ.

ބައެއް ގައުމުތަކުގައި ކޭސްތައް އިތުރުވެ ހާލަތު ގޯސްވަމުންދާ އިރުވެސް ރެސްޓޯރެންޓުތަކާއި މީހުން އެއްވެ އުޅޭ ތަންތަން ހުޅުވާފައި ހުންނަކަން ފާހަގަކޮށް ޓެޑްރޮސް ވިދާޅުވީ އުމުރުން ހަގުނަމަ ކޮވިޑުގެ އެއްވެސް އަސަރެއް ނުކުރާ ކަމަށް ބައެއް މީހުންނަށް ހީވާ ކަމަށާއި ނަމަވެސް އެއީ ކުށްހީ އެއް ކަމަށެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޮވިޑް ލީޑަރު މާރިއާ ވޭން ކާކޯވް ވިދާޅުވީ މިދިޔަ ހަފުތާގެ ރެކޯޑުތަކުން ދައްކާ ގޮތުން ކޭސްތައް އިތުރުވާ މިންވަރު ނުވަ ޕަސެންޓަށް އިތުރުވެފައިވާ ކަމަށާއި އަދި މިއީ މިގޮތަށް ކޭސްތައް އިތުރުވަމުން އަންނަތާ ހަތް ވަނަ ހަފުތަ ކަމަށާއި ބަލީގައި މީހުން މަރުވާ އަދަދުތައްވެސް ފަސް ޕަސެންޓަށް އިތުރު ވެފައިވާ ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *