މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައީ އިއްޔެ!

މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައީ އިއްޔެ!

މިއަހަރުގެ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް އިއްޔެ ވަނީ 4،856 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިމަހުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ފަހަރެވެ. މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 4،809 ފަތުރުވެރިން އައިސްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް މިމަހުގެ ތެރޭގައި ރާއްޖެއަށް 46،809 ފަތުރުވެރިން އައިސްފައިވާއިރު މިއަދުގެ އަދަދުތަކާއެކު އެ އަދަދު 50،000 އަށް އަރާނެ ކަމަށް ބެލެވެއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ، މިމަހުގެ ތެރޭގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 3،344 ފަތުރުވެރިން އަންނަ ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖުކޮށް އަށް ދުވަހު މަޑުކުރާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މިއަހަރުގެ އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *