އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމާއި ޚިޔާނާތް ހިންގި ކަމުގެ ތުހުމަތު އެޅިފައިވާ މޯލްޑިވް ގޭހުގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އަލީ އިކްރާމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މޯލްޑިވް ގޭސް ހިންގެވުމާ ހަވާލުވެ ހުންނެވި އިކްރާމްގެ އިސްތިއުފާ ސިޓީ ލިބުނު ކަން ބެލެނިވެރި ކުންފުނި އެސްޓީއޯ އިން ކަށަވަރު ކޮށްދިނެވެ.
އެ ކުންފުނީގެ ތަރުޖަމާން އަބްދުﷲ މުހައްމަދު ވިދާޅުވީ އިކްރާމް އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް އަންގާފައިވާ ކަމަށެވެ.

