ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ތަހުގީގަށް ހޯދަމުން ދަނީ ތ. ތިމަރަފުށި، މާފޮޅޭގެ، ޢަބްދުﷲ ސިމާޙު (35އ) އެވެ.

އޭނާ ހޯދަމުން ދަނީ ވައްކަންކުރުމާއި މީހެއްގެ މުދަލަށް ގެއްލުންދިނުމާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ މައްސަލައަކާ ގުޅިގެންނެވެ.

އޭނާ ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން 2024 ޑިސެންބަރު 8 ވަނަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޢަބްދުﷲ ސިމާޙުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *