ފުލުހެއްގެ ގައިގައި ޖަހާ، ދަތް އެޅި މައްސަލައެއްގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ އަންހެނެެކެވެ.
ފުލުހެއްގެ ދައުރު އަދާ ކުރަން ހުރަސް އެޅުމާއި، މާރާމަރީ ހިންގުމާއި، އާންމުންނަށް އުނދަގޫ ކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރިއިރު، ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ.
އޭނާއާ ގުޅޭ ބަންދު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ ބޯ ސަކަރާތް މީހެއް ކަމަށެވެ. އަދި އޭނާ ފުލުހެއްގެ ގައިގައި ޖެހި ކަމެއްވެސް ދަތް އެޅުނު ކަމެއްވެސް ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެ ބަންދު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ އާައްމުކޮށް މަސްމާރުކޭޓް ކެފޭއަށް ވަދެ އެތަނުގައި ތިބޭ މީހުންނަށް އުނދަގޫ ކުރާ މީހެއް ކަަމަށެވެ. އަދި އެ ދުވަހުވެސް އެގޮތަށް ކަންތައް ކުރުމުން، ފުލުހުން އޭނާ ހުއްޓުވާ ނަސޭހަތްތެރިވި ކަމަށެވެ.
މިހެން ކަންތައް ކުރުމުން ފިލަން މަސައްކަތްކޮށް، އޭނާ ފުލުހެއްގެ ގައިގައި ޖަހައި، ދަތްއަޅާފައިވާ ކަމަށްވެސް ބަންދު އަމުރުގައި ވެއެވެ.

