ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ހައްޔަރު ކުރި 65 އަހަަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 20 ދުވަސް ޖައިފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މީހެކެވެ. އޭނަ އަކީ ސެޕްޓެމްބަރު 16 ވަނަ ދުވަހު ރާއްޖެ އައި ސްރީލަންކަން އެއަރލައިންސް ފްލައިޓް ނަންބަރު UL103އިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މީހެކެވެ.
އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ ބަލައިފާސްކުރުމުގެ ތެރޭގައެވެ. އޭނާގެ އަތުން 3.49ގ ގެ ހެރޮއިން ފެނިފައި ވެއެވެ. އޭނާގެ ބަންދަށް ފުރަަތަމަ ޖެހީ 16 ދުވަހެވެ.
ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އިތުރުން 20 ދުވަސް ބަންދުގައި ބަހައްޓަން ދީފައިވާއިރު، އޭނާއާ ގުޅޭ ބަންދު އަމުރުގައި ބުނެފައި ވަނީ، އޭނާ ފޮށި ހަވާލު ކުރަން ޖެހޭ ފަރާތްތަކާއި ކޮށްފައިވާ މުއާމަލާތުން މިއީ އޭނާއަށް އެނގިގެން ކޮށްފައިވާ ކަމެއް ކަމަށް ބުރަވެވޭ ކަަމަށެވެ.

