އެއަރ ކެނެޑާގެ ދަތުރުތައް އިތުރުކުރަން ނިންމައިފި

އެއަރ ކެނެޑާގެ ދަތުރުތައް އިތުރުކުރަން ނިންމައިފި

ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން އެއަރ ކެނެޑާގެ ދަތުރުތައް އޮތް މިންވަރުކަމަށްވާ %79އަށް އިތުރުކުރަން އެ އެއަރލައިނުން ނިންމައިފިއެވެ.

އެއަރ ކެނެޑާއިން މިގޮތަށް ނިންމީ ދަތުރުފަތުރަށް އޮތް ޑިމާންޑު އިތުރުވީ ނަމަވެސް މުވައްޒަފުންގެ ދަތިކަމާއިހުރެ އުތުރު އެމެރިކާގެ އެއަރލައިންތަކަށް ދަތުރުތައް ރަނގަޅަށް ނުކުރެވޭތީއެވެ.

ކެނެޑާގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެއަރ ކެނެޑާގެ ފްލައިޓްތައް ލަސްވުމާއި ކެންސަލް ވުމުގެ ޝަކުވާތަކާ މީގެކުރިން ކުރިމަތިލާން ޖެހުނު ނަމަވެސް އެއަރލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވާގޮތުގައި ޖޫން 27 ވަނަ ހަފްތާއާ އަޅާބަލާއިރު އޮގަސްޓް 8 ވަނަ ހަފްތާގެ ތެރޭގައި ބެގޭޖް ގެންގުޅުމާއި އޮންޓައިމް ޕާފޯމަންސް ވަނީ ރަނގަޅުވެފައެވެ.

ފަސިންޖަރުންގެ ދަތުރުތައް މެނޭޖްކުރެވޭ މިންވަރަށް ހޫނު މޫސުމުގެ ޝެޑިއުލް މަދުކުރާނެ ކަމަށް އެއަރ ކެނެޑާއިން މީގެކުރިންވަނީ ބުނެފައެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އެއަރ ކެނެޑާއިން ވަޒީފާއިން ވަކިކުރި މުވައްޒަފުން އެނބުރި ވަޒީފާތަކަށް އަންނަން އެ އެއަރލައިނުން ވަނީ ގޮވާލާފައެވެ. އެ އެއަރލައިނުގައި ގާތްގަނޑަކަށް 34،000 މުވައްޒަފުން މިހާރު މަސައްކަތް ކުރާއިރު، ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން އެ ކުންފުނީގައި 34،700 މުވައްޒަފުން ތިއްބެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *