ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު އިސްތިޢުފާދެއްވައިފި

ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު އިސްތިޢުފާދެއްވައިފި

ފަރަންސޭސިވިލާތަށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތަކަށް ޖާގަދެއްވުމަށް އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމުން ޖޮން ކޮސްޓެކްސް އިސްތިޢުފާދެއްވައިފިއެވެ.

ފަރަންސޭސިވިލާތުގެ ރިޔާސީ ދެވަނަ ދަޢުރެއް ކާމިޔާބުކުރައްވާފައިވާ އެމަނުއެލް މެޚްރޮންވަނީ ހިތްހަމަނުޖެހިފައިވާ ގިނަ ޢަދަދެއްގެ ޢާއްމުން ބޭނުންވާ އިޞްލާޙީ ބަދަލުތައް ގެންނަވާނެކަމުގެ ޔަޤީންކަންދެއްވައިފައެވެ.

އެ ބަދަލުތައް ގެންނަވަން ބޮޑުވަޒީރުކަން ޙަވާލުކުރައްވާފައިވަނީ އެލިޒަބެތު ބޯންނާއެވެ. އެއީ 30 އަހަރުފަހުން ފަރަންސޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރައްވައި ފުރަތަމަ އަންހެން ބޭފުޅާއެވެ. މެޚްރޮން ޤަބޫލުފުޅުކުރައްވައި ގޮތުގައި އެއީ ޢާއްމުންނަށް ކަމުދާނެ ނިންމެވުމަކަށްވާނެއެވެ.

ޢުމުރުފުޅުން 61 އަހަރުގެ ބޯންވަނީ 2019ވަނަ އަހަރުގެ ތެރޭގައި ތިމާވެއްޓާބެހޭ ވަޒީރުކަންކުރައްވައިފައެވެ. އޭނާ އެންމެފަހުން ފުރުއްވީ ވަޒިފާއާބެހޭ ވަޒީރުކަމެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *