ޔޫކްރެއިނުގެ ބޮޑެތި ހުރިހާ ސަރަޙައްދަކަށް ރަޝިޔާގެ ޙަމަލާތައް

ޔޫކްރެއިނުގެ ބޮޑެތި ހުރިހާ ސަރަޙައްދަކަށް ރަޝިޔާގެ ޙަމަލާތައް

ޔޫކްރެއިނުގެ ބޮޑެތި ހުރިހާ ސަރަޙައްދަކަށް ރަޝިޔާގެ ޙަމަލާތައް ޢަމާޒުވަމުންދާކަމަށް އެ ޤައުމުގެ ރިޔާސީ ގަނޑުވަރުން ބުނެފިއެވެ.

ޔޫކްރެއިނުން ބުނާ ގޮތުގައި އެ ޤައުމުގެ ވެރިރަށް ކިޔެވުގެ އިތުރުން ކާކިވާއި ކާސަންނާއި އޮޑެއްސާއަށް ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ ހުއްޓުމެއް ނެތި ވައިގެ މަގުންނާއި ކަނޑު މަގުންނާއި އެއްގަމު މަގުން ޙަމަލާ ދެމުންނެވެ. އަދި ރަޝިޔާގެ ސިފައިންގެ ޔޫކްރެއިނުގެ އެކި ސަރަޙައްދުތަކަށް ވައިކުޑާގައި ފޭބުމުގެ ފުރުޞަތު އޮތްކަމަށާއި ޔޫކްރެއިނުގެ ދިފާޢުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ހަނގުރާމަކުރުމުގައި ދެމިތިބޭނެކަމަށްވެސް އެ ޤައުމުގެ ރިޔާސީ ގަނޑުވަރުންވަނީ ބުނެފައެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ޔޫކްރެއިނަށް ޙަމަލާ ދޭން ފެށުމުން އެ ޤައުމުގެ ސަރަޙައްދީ ރޮނގު ބަލަހައްޓަން ތިބި ސިފައިން ހަތިޔާރު ބަހައްޓައި ފިލާފައިވާކަމަށާއި އެއްވެސް އުނދަގުލަކައި ނުލައި ރަޝިޔާގެ ފައުޖުތަކަށް ޔޫކްރެއިނަށް ވަދެވުނުކަމަށެވެ. އަދި ޔޫކްރެއިނު އިސްތިޢުމާރުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށާއި އެ ޤައުމަށް ޙަމަލާ ދިނުމުގެ ބޭނުމަކީ އެ ޤައުމުން ވަކިވުމަށް ބޭނުންވާ ޖަމާޢަތްތަކާ ދެކޮޅަށް ދެމުންދާ އަނިޔާވެރި އަދި ލާއިންސާނީ ޙަމަލާތައް ހުއްޓުވައި ޔޫކްރެއިނުގެ އަސްކަރިއްޔާގެ ބާރުވެރިކަން ނައްތާލުމަށްކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންގެ އެންގެވުމަށް ބަރުހަތިޔާރާއެކު އެތައް ހާސް ސިފައިންނެއްވަނީ ތިން ސަރަޙައްދަކުން ޔޫކްރެއިނަށް ޙަމަލާ ދޭން ފެށުމުން އެ ޤައުމުގެ ބޮޑެތި ސަރަޙައްދުތައް ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ދަތުރުކުރަން އެ ޤައުމުގެ ޢާއްމުންވަނީ ފަށައިފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *