ހިޔާ ފްލެޓުތަކަށް ގޭސް ހޮޅި އަޅަން މޯލްޑިވްސް ގޭސްއާ ހަވާލުކޮށްފި

ހިޔާ ފްލެޓުތަކަށް ގޭސް ހޮޅި އަޅަން މޯލްޑިވްސް ގޭސްއާ ހަވާލުކޮށްފި

ހުޅުމާލޭގެ ފޭސް 2 ގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކަށް ގޭސް ހޮޅި އަޅަން މޯލްޑިވް ގޭސްއާ އެޗްޑީސީން މިއަދު ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. މޯލްޑިވް ގޭސް އިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމެވެ.

މި އެއްބަސްވުމުގެ ދަށުން ގޭސް ސިސްޓަމް ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ނިންމަން ޖެހޭއިރު، މި ހިދުމަތް ދިނުމަށް މޯލްޑިވް ގޭސްއާ ހަވާލުކުރީ 20 އަހަރުގެ މުއްދަތަށެވެ.

މޯލްޑިވް ގޭސް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ގޭސް ހޮޅި އަޅައި ހިޔާ ފްލެޓްގެ ހުރިހާ އެޕާޓްމަންޓެއްގެ އުދުންތަކާ ގުޅައިލާނެ ކަމަށެވެ. އަދި މި ހޮޅިތައް ގުޅާނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރެޖް ޔުނިޓެއް ބަހައްޓައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

"މި ނިޒާމު ގާއިމު ކުރުމަށް ފަހު ދެން ނުޖެހޭނެ ހިޔާ ފްލެޓްތަކަށް ގޭސްފުޅި އަރުވައި ބާލާކަށް،" މޯލްޑިވް ގޭސްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މި މަސައްކަތް މޯލްޑިވް ގޭސް އިން ކުރާނީ އެމްއެންޑީއެފްގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށް އެޗްޑީސީން ބުނެ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *