ތެލުގެ އަގަށް އައި ބަދަލާއެކު ސައުދީގެ އަރަމްކޯއަށް ބޮޑު ފައިދާއެއް

ތެލުގެ އަގަށް އައި ބަދަލާއެކު ސައުދީގެ އަރަމްކޯއަށް ބޮޑު ފައިދާއެއް

ތެލުގެ އަގުތައް އުފުލުމާއި ގުޅިގެން ތެޔޮ ވިޔަފާރިކުރާ އަރަމްކޯއަށް އެކުންފުނީގެ ސާފު ފައިދާގެ މިންވަރު އިތުރުވެެއްޖެއެވެ.

ސައުދީ އަރަބިއްއާގެ ތެޔޮ އުފައްދާ ކުންފުނި ކަމަށްވާ އަރަމްކޯއިން ބުނީ އެކުންފުނީގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ ދެގުނައަށްވުރެ އިތުރުވެފައިވާކަމަށެވެ.

މި ކުއާޓަރުގައި ސާފު ފައިދާގެ އަދަދު ވަނީ 30.4 ބިލިއަން ޑޮލަރަށް އަރައިފައެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކުންފުންޏަށް އެވަރަށް ފައިދާ ޖެހިފައިވާއިރު، މީގެ ކުރިން ކުއާޓަރެއްގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ 11.8 ބިލިއަން ޑޮލަރެވެ. މިދިޔަ ކުއާޓާގައި އަރަމްކޯއަށް ލިބުނު ފައިދާއަކީ ތަޖުރިބާކާރުން އަންދާޒާ ކުރި ވަރަށްވުރެ މަތީ އަދަދެކެވެ.

މި ކުއާޓަރުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ 4.5 އިންސައްތަ މައްޗަށް ގޮސްފައެވެ. މިކަމާއި ގުޅިގެން އޯޕެކް ޕްލަސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށް، ތެޔޮ ސަޕްލައިކުރާ މިންވަރު އިތުރުކުރުމަށް ނިންމާފައިވާ ގޮތަށް އެ ނިންމުން ދެމަހެއްޓުމަށް ނިންމާފައެވެ.

އެމެރިކާގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 83.57 ޑޮލަރަށް އަރާއިރު، މިއީ މި މުއްދަތުގައި 70 ޕަސެންޓަށް ވުރެ ބޮޑު އަދަދެކެވެ. މިއަހަރު އަރަމްކޯގެ ކެޕިޓަލް އެކްސްޕެންޑިޗާ 19 ޕަސެންޓް މައްޗަށް ގޮސް، މި ކުއާޓަރުގައި 7.6 ބިލިއަން ޑޮލަރަށް ވަނީ އަރައިފައެވެ.

އެ ކުންފުނީގެ ފްރީ ކޭޝްފްލޯ ވަނީ 12.4 ބިލިއަން ޑޮލަރުން 28.7 ބިލިއަން ޑޮލަރަށް އަރާފައެވެ. އަދި ތިންވަނަ ކުއާޓަރުގައި 18.8 ބިލިއަން ޑޮލަރުގެ ޑިވިޑެންޑެއް އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ. ތެލުގެ އަގުތައް އުފުލުމާއެކު، އަރަމްކޯގެ ހިއްސާގެ އަގު މިއަހަރު ގާތްގަނޑަކަށް 8 އިންސައްތައަށް އުުފުލިފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *