ދެކުނު އިންޑިޔާގެ މަޝްހޫރު އެކްޓަރު ޕުނީތު ރާޖްކުމާރު މަރުވެއްޖެއެވެ.
މަޢުލޫމާތު ލިބޭގޮތުން ޕުނީތު މަރުވީ ހާޓްއެޓޭކެއް ޖެހިގެން ފަރުވާދެމުންދަނިކޮށެވެ.
ޕުނީތު އޭނަގެ ޖިމުގައި ކަސްރަތުކުރަން ހުއްޓާ ބިންމައްޗަށް ވެއްޓިގެން އޭނާ އަވަސް ފަރުވާއަށް ވިކްރަމް ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ޕުނީތުގެ މަރާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ޕުނީތު މަރުވިއިރު އޭނަގެ އުމުރަކީ 46 އަހަރެވެ.

