އެސްޓްރަޒެނިކާ ވެކްސިންގެ ބްލޫ ޕްރިންޓް ވަގަށް ނަގާފައިވާ ކަމުގެ ހެއްކެއް ފެންނަން ނެތް

އެސްޓްރަޒެނިކާ ވެކްސިންގެ ބްލޫ ޕްރިންޓް ވަގަށް ނަގާފައިވާ ކަމުގެ ހެއްކެއް ފެންނަން ނެތް

ރަޝިއާއިން އުފައްދާފައިވާ ސްޕަޓްނިކް ވީ ވެކްސިން އުފެއްދުމަށް އެސްޓްރަޒެނިކާ ވެކްސިންގެ ބްލޫ ޕްރިންޓް ވަގަށް ނަގާފައިވާ ކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯވް ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ޓެބްލޮއިޑެއް ކަމަށްވާ ސަން ނޫހުގައި، ރަޝިއާގެ ޖާސޫސްކުރާ މީހުން އެސްޓްރަޒެނިކާ ވެކްސިންގެ ބްލޫ ޕްރިންޓް ވަގަށް ނަގާފައިވާ ކަމަށް ބުނެ ލިޔެފައިވާ ޚަބަރަކާއި ގުޅިގެންނެވެ. އެ ނޫހުގައި ބުނެފައިވަނީ ރަޝިއާގެ ޖާސޫސްކުރާ މީހުން އެސްޓްރަޒެނިކާ ވެކްސިންގެ ބްލޫ ޕްރިންޓް ވަގަށް ނަގާ، ރަޝިއާގެ ގަލަމެޔާ ރިސަރޗް އިންސްޓިޓިއުޓުން އުފައްދާފައިވާ ސްޕަޓްނިކް ވީ ވެކްސިން އުފައްދަން އެ ބޭނުން ކޮށްފައިވާ ކަމަށެވެ.

އެ ނޫހުގައި މި މައުލޫމާތުތައް އާންމުކޮށްފައިވަނީ މައުލޫމާތު ހާމަކުރަން ބޭނުން ނުވާ ފަރާތަކާއި ހަވާލާދީއެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ލަވްރޮވް ވިދާޅުވީ ބްރިޓިޝް އަދި ހުޅަނގުގެ އެއްވެސް ބައިވެރިޔަކު މިކަން ސީރިއަސް ކަމެއްގެ ގޮތުގައި ނުނަގާނެކަމަށް ހީކުރައްވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް އެއްވެސް ކަހަލަ ހަގީގަތެއް ނެތް މިފަދަ ވާހަކަތައް ދެކެވިފައިވާ ކަމަށެވެ.

ލަވްރޮވް ވިދާޅުވީ އެސްޓްރަޒެނިކާ ވެކްސިން ޖެހި މީހުންގެ ފަރާތުން ބައެއް ސައިޑްއިފެކްޓްތައް ފެނިފައިވާ ކަމަށާއި، އޭގެ ތެރޭގައި މަދު ބައެއްގެ ފަރާތުން ލޭގަނޑުވުމުގެ މައްސަލަ ދިމާވިކަމުގައި ރިޕޯޓްތަކެއް ކުރެވުނު ނަމަވެސް ސްޕަޓްނިކް ވީ ވެކްސިން ޖަހައިގެން މިފަދަ އެއްވެސް މައްސަލައެއް މިހާތަނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

ވެކްސިންގެ ބްލޫ ޕްރިންޓް ވަގަށް ނަގާފައިވާކަމުގެ ވާހަކަތަކެއް ތިލަވެފައިވަނީ ދެ ގައުމުން ވެސް އެގައުމުތަކުގެ ވެކްސިން ކެމްޕެއިން ނިމުމަކާއި ގާތަށް އާދެވިފައި ވަނިކޮށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *