ވަރުގަދަ އިންޑިޔާ އަތުން ބަންގްލަދޭޝް ޕޮއިންޓެއް ކަށަވަރުކޮށްފި

ވަރުގަދަ އިންޑިޔާ އަތުން ބަންގްލަދޭޝް ޕޮއިންޓެއް ކަށަވަރުކޮށްފި

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުން އިންޑިއާ މޮޅުވިއަނުދީ ބަންގްލަދޭޝް ހިފަހައްޓައިފި އެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ބޮޑު ބައެއްގައި ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ބަންގުލަދޭޝްއިން، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ އަތުން ޕޮއިންޓެއް ހޯދުމަށްފަހު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ އިންޑިއާ ޓީމުންނެވެ. މި ގޯލަކީ ތިރިތިރިން އައި ހުރަހެެއް ގޯލުގެ ތެރެެއަށް ފޮނުވާލައިގެން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އެޓީމަށް ކާމިޔާބު ކޮށްދިން ގޯލެކެވެ. ފުރަަތަމަ ހާފު ނިމުނީ 1-0 އިން އިންޑިއާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް ބަންގްލަދޭޝްގެ ބިޝްވަނަތު ގޯޝްއަށް ރަތް ކާޑު ދެއްކުމުން ދެވަނަ ހާފުގެ ބޮދު ބައެއް އެޓީމުން ކުޅުނީ 10 ކުޅުންތެރިންނާއު އެކުގަ އެވެ. ބަންގްލަދޭޝްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޔާސިން އަރަފާތު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ޔާސީން އެވެ.

އޭގެ ފަހުން ލީޑު ނެގުމަށް އިންޑިއާ ޓީމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ސުނިލް ޗެތުރީ ދިން ކަޓް ޕާހަކުން ކުޑަ އޭރިއާ ކައިރީގައި ހުރެފައި މަންވީރް ސިންގް ފޮނުވާލި ބާރު ހަމަލާ ބަންގްލަދޭޝްގެ ޑިފެންޑަރު ޓޮޕޫ ބަރްމާން ވަނީ ހުށިޔާރު ކަމާއި އެކު ބްލޮކް ކޮށްފަ އެވެ.

ބަންގުލަދޭޝްއިން މިހާތަނަށް މިއަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ އިރު، މިއަދުގެ މެޗަކީ އިންޑިއާއިން ކުޅުނު ފުރަތަމަ މެޗެވެ. އިންޑިއާއިން ދެން މުބާރާތުގައި ކުޅޭ މެޗުގައި ހަތްވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ނުކުންނަ އިރު، ބަންގްލަދޭޝްއިން އެ ދުވަހު ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *