އެޕްލް އިން މިއަހަރުން ނެރެން ހަމަޖެހިފައިވާ އައިފޯން 13 އާންމުކޮށް ދައްކާލުމަށް ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ރޭ ހާއްސަ އިވެންޓެއް ބާއްވާނެ ކަމަށް އެކުންފުނިން އިއުލާނުކޮށްފިއެވެ.
އެޕަލް އިން މިއަދު ވަނީ ސެޕްޓެމްބަރ 14 ވަނަ ދުވަހު އެޕަލްގެ އިވެންޓެއް އޮންނާނެކަން މީޑިއާތަކަށް ކަށަވަރު ކޮށްދީ، ރަސްމިއްޔާތުގެ ދައުވަތު ވެސް ފޮނުވާފައެވެ.
އެޕަލް އިން އަންނަ އަންގާރަ ދުވަހު ދައްކާލުމަށް ހަމަޖެހިފައިވާ އެކުންފުނީގެ އުފެއްދުން ތަކުގެ ތެރޭގައި އައިފޯން-13 ގެ އިތުރުން އެޕަލް ސީރީސް-07 ގަޑި ހިމެނެއެވެ.އެޕަލްގެ އައިފޯން-13 ލޯންޗު ކުރުމުގެ ހާއްސަ ރަސްމިއްޔާތު އޮންނާނީ އަންނަ ބުދަދުވަހުގެ ރޭ ރާއްޖެ ގަޑިން 22:00 ގައެވެ.
މިއަހަރު ނެރޭ އައިފޯން-13 އާއި މިދިޔަ އަހަރު ނެރުނު އައިފޯން-12 އާއި އަޅައި ބަލާއިރު ޑިޒައިނަށް މާބޮޑެތި ބަދަލުތަކެއް ގެނެސްފައި ނުހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއަހަރު ނެރޭނެ ކަމަށް ބެލެވެނީ 5.4 އިންޗިގެ އައިފޯން-13 މިނީ އާއި 6.1 އިންޗިގެ އައިފޯން 13 އާއި 6.1 އިންޗިގެ އައިފޯން-13 ޕްރޯ އަދި 6.7 އިންޗިގެ އައިފޯން-13 ޕްރޯ މެކްސް އެވެ.

