ގއ ދާންދޫގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީއާއި އެމަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
މިމަޝްރޫއުގެ ދަށުން، ދާންދޫގައި 25 ހެކްޓަރުގެ ބިން ހިއްކުމާއި 1238 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓެއްގެ އިތުރުން 240 މީޓަރުގެ ސަރަހައްދެއްގަިއ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން ވަނީ ބުންޏެވެ.
ޖުމްލަ 350 ދުވަސްތެރޭ މަސައްކަތް ނިންމައި ހަވާލުކުރުމަށް އެމްޓީސީސީއާއި މިމަޝްރޫއު ހަވާލުކޮށްފައިވަނީ 186.6 މިލިއަން ދިވެހި ރުފިޔާއަށެވެ.

