ރާއްޖެއާއި ކުވެއިތާ ދެމެދު ސީދާ ދަތުރުތައް ބޭއްވުމުގެ ހުއްދަ ދިނުމަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
އެގައުމުގެ ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެއާއެކު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުވެއިތުގެ ފްލައިޓްތަކަށް ރާއްޖެއަށް ދަތުރުކުރެވޭނެއެެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމައި ސެމްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިޖްތިމާއީ ހަރަކާތްތަކަށް ގައުމު ހުޅުވާލަން ވަނީ ނިންމާފައެވެ. އޭގެ އިތުރުން ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތަކާއި ކުޑަކުދިންގެ ހަރަކާތްތައް ބޭއްވުމުގެ ހުއްދަވެސް ވަނީ ދީފައެވެ.
އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ނުޖަހާ މީހުންނަށްވެސް ފާމަސީތަކަށާއި، ފިހާރަތަކުގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ދެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ.
މިވަގުތައް ލުއިތަކެއް ދީފައިވި ނަމަވެސް ގިނަ މީހުން އެއްވެސް ބާއްވާ އެއްވުންތައް ބޭއްވުމުގެ ހުއްދަ އަދި ދިފައިނުވެއެވެ. އަލަށް މި ދެވުނު ލުއިތަކަކީ ބަލި ފެތުރޭ މިންވަރު ދަށްކުރަން ކުރެވޭ މަސައްކަތަށް އެކަށީގެންވާ ވަރުގެ ކާމިޔާބީއެއް ހޯދިފައިވާތީ ދީފައިވާ ލުއިތަކެކެވެ.

