އެވިޑް ސްކޫލް އޮފް އޭވިއޭޝަންގެ ކިޔެވުން ފަށައިފި

އެވިޑް ސްކޫލް އޮފް އޭވިއޭޝަންގެ ކިޔެވުން ފަށައިފި

އައްޑޫ ސިޓީގައި ހިންގާ އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ)ގެ ކިޔެވުން ފަށައިފިއެވެ.

ގިނަ ދުވަސްތަކަކަށްފަހު ފްލައިން ސްކޫލްގެ ކިޔެވުން މިމަހު ފަށާފައިވަނީ، ސްކޫލްގެ ހުރިހާ ކަމެއް އެވިޑް ކޮލެޖުގެ ދަށަށް މިދިޔަ މަހު ބަދަލު ކުރުމަށްފަހުއެވެ.

އެވިޑުން ބުނީ، އެސްކޫލުގައި މިހާރު ކިޔަވަމުންގެންދާ ދަރިވަރުންނަށް ހިންގާ ސިމިއުލޭޓް ޓްރެއިނިންގް ތައް މިއަދު އަލު ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން މީގެ ހަފްތާއެއް ކުރިން ގްރައުންޑް ކްލާސްތަކުގެ ތިއަރީބައި ފުރިހަމަ ކުރަންޖެހޭ ދަރިވަރުންގެ ކްލާސްތައް ފަށާފައިވާ ކަމަށާއި، އިމްތިހާނު ހަދަންޖެހޭ ކުދިން އެކަމަށް ތައްޔާރުވުމަށް ރިފްރެޝާ ކްލާސްތައްވެސް ފަށާފައިވާ ކަމަށްޗެސް އެވިޑް ކޮލެޖުން ބުންޏެވެ.

މި ކްލާސްތަކުގެ ތެރެއިން ރިފްރެޝާ ކްލާސްތައް ކުރިއަށް ގެންދަނީ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގަ އެވެ. އަދި އެ ކްލާސްތައް ނިމުމުން އިމްތިހާނު ޝެޑިއުލް ތައްޔާރު ކުރުމަށް ފަހު، ސިވިލް އޭވިއޭޝަންގެ އިރުޝާދުގެ ދަށުން އިމްތިހާނުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އެވިޑުން ބުނެ އެވެ.

ކްލާސްތައް ފެށުމުގެ އިތުރުން އެ ސްކޫލަށް އަލަށް ގެނައުމަށް ހަމަޖައްސާފައިވާ ފްލައިޓުގެ ޕޭމަންޓުގެ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށް އެވިޑުން ބުނެ އެވެ.

ސްކޫލުގެ ކަންކަން މިހާރު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު މި ވަގުތު ހުންނެވީ އައްޑޫގަ އެވެ.

އައްޑޫ ފްލައިން ސްކޫލް ހިންގަމުން އަންނަ އިމާރާތް ހުސްކުރުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ނޯޓިސް ފޮނުވާފައިވަނީ މި މަހުގެ ނިޔަލަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *