ޖޯހަނެސްބާގްގެ މޭޔަރު ޖެފް މަކޫބޯ ކޮވިޑް ބަލީގައި މަރުވެއްޖެ

ޖޯހަނެސްބާގްގެ މޭޔަރު ޖެފް މަކޫބޯ ކޮވިޑް ބަލީގައި މަރުވެއްޖެ

ޖޯހަނެސްބާގްގެ މޭޔަރު ޖެފް މަކޫބޯ ކޮވިޑް ބަލީގައި މަރުވެއްޖެއެވެ.

ސައުތު އެފްރިކާއަށް ވަނީ ކޮވިޑްގެ 3 ވަނަ ރާޅެއް އަރާފައެވެ. މަކޫބޯ މަރުވެފައިވަނީ ކޮވިޑް ބަލީގައި ހާލު ދެރެވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް އެ ސްޓޭޓްގެ ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ސައުތު އެފްރިކާގެ ރައީސް ސައިރިލް ރާމަފޯސާވަނީ މަކޫބޯގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި މަކޫބޯގެ މަރަކީ މި ބަލި އެ ގައުމުގެ މީހުންނަށް އަބަދު ހަނދާން ކޮށްދޭނެ ކަމަކަށް ވާނެ ކަމަށެވެ.

އާބާދީގައި 60 މިލިއަން މީހުންގެ އޮންނަ ސައުތު އެފްރިކާގައި ކޮވިޑްގެ ނުރައްކާތެރި ފަސޭހައިން ފެތުރިގެންދާ ވޭރިއަންޓެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓް ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ.

މިހާތަނަށް ސައުތު އެފްރިކާއިން ވަނީ 2.1 މިލިއަން މީހުންނަށް މި ބަލި ޖެހިފައެވެ. އެ ގައުމުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި 50 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ދިނުމަށް އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން ދުވާލަކަށް މުޅި ގައުމުގެ އެކި ހިސާބުތައް ހިމެނޭ ގޮތަށް 3 ލައްކަ މީހުންނަށް ވެކްސިން ދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އޮފިޝަލުން ބުނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *