ނޭޕާލުގައި ހެލިކޮޕްޓަރެއް ވެއްޓި އެއިން ދަތުރުކުރި ފަސް މީހުން މަރުވެއްޖެ

ނޭޕާލުގައި ހެލިކޮޕްޓަރެއް ވެއްޓި އެއިން ދަތުރުކުރި ފަސް މީހުން މަރުވެއްޖެ

ނޭޕާލުގައި ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރެއް ވެއްޓި އެއިން ދަތުރުކުރި ފަސް މީހުން މަރުވެއްޖެއެވެ. މި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގެ ޖަންގަލި ސަރަޙައްދަކަށެވެ.

ޑައިނެސްޓީ އެއަރ ނަމަކަށް ކިޔާ ކުންފުންޏަކުން ދުއްވާ އެ ހެލިކޮޕްޓަރު ވެއްޓިފައި ވަނީ އުދުއްސާލިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ. މި ހާދިސާގައި މަރުވެފައި ވަނީ ޗައިނާގެ ހަތަރު މީހުންނާއި ނޭޕާލް މީހެކެވެ. މަރުވި ޗައިނާ މީހުންގެ ތެރޭގައި އަންހެނެއް ވެސް ހިމެނެއެވެ.

2000ވަނަ އަހަރަށް ފަހު އެ ޤައުމުގައި ހިނގާފައިވާ ވައިގެ އުދުހުންތަކުގެ އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ ޢަދަދު 350އަށްވުރެ އިތުރެވެ. ނޭޕާލަކީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތުގެ ސަލާމަތީ ކަންކަން ދަށް ޤައުމެކެވެ.

އެގޮތުން އެންމެ ނުރައްކާތެރި ހާދިސާ ހިނގާފައި ވަނީ 1992ވަނަ އަހަރު ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއެވެ. ކަތަމަންޑޫ ވައިގެ ބަނދަރުގައި ޖައްސަން ދިޔަ މަތިންދާބޯޓު ވެއްޓުނު އެ ހާދިސާގައި 167 މީހުން މަރުވިއެވެ. 2023ވަނަ އަހަރުގެ ޖަނަވަރީ މަހު ޔެޓީ އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއެއްގައި ވެސް 72 މީހުން މަރުވިއެވެ. އެ ޤައުމުގެ އެތެރޭގެ އުދުހުންތަކުގައި ޢާންމުކޮށް ބޭނުންކުރަނީ ކުދި މަތިންދާބޯޓާއި ހެލިކޮޕްޓަރެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *