އެމޭޒަންގެ ފައުންޑަރ އަދި ސީއީއޯ ޖެފް ބެޒޯސް އެކުންފުނީގެ ސީއީއޯ ކަމުން އިސްތިއުފާދެއްވާނެ ކަމަށް އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އިއުލާނުކޮށްފިއެވެ.
ޖުލައި 5 ގައި ސީއީއޯކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ޖެފް ބެޒޯސް އިއުލާން ކޮށްފައިވާއިރު، މަގާމުން ޖެފް ވަކިވުމަށްފަހު އެމަގާމާ ހަވާލުވުން އެންމެ ގާތީ އެމޭޒަންގެ ބެބް ސާވިސް ހިންގުމާ ހަވާލުވެހުންނެވި އެންޑީ ޖެސީ ކަމަށް ޖެފް ވަނީ ވިދާޅުވެފައެވެ.
ޖެފް ދެން ހުންނަވާނީ އެމޭޒަންގެ އެގްޒެކެޓިވް ޗެއާގެ މަގާމުގަ އެވެ.
"އެންޑީގެ ކިބައިގައި އެ ގާބިލްކަން ހުންނާނެ. އެންޑީ އަކީ ހައި ސްޓޭންޑާޑްގެ އެންމެ މަތީ ފަންތީގައިވާ ފަރާތެއް. އަޅުގަނޑުމެން ދެރަވާން ޖެހޭ ވަރުގެ ކަމެއް އޭނާއެއް ނުުކުރައްވާނެ،" ޖެފް ވިދާޅުވި އެވެ.
އެމޭޒަންގެ ސީއީއޯގެ މަގާމާ އަލަށް ހަވާލުވާނެ ކަމަށް ބެލެވޭ އެންޑީ އެ ކުންފުނީގައި މަސައްކަތް ކުރައްވާތާ 24 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ފެބްރުއަރީ މަހުގެ ތަފާސްހިސާބުގެ ރިޕޯޓް ނެރުނުއިރު، އެމޭޒަން ހިންގުމަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބަދަލުތަކެއް އަންނާނެ ކަމަށް މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ ބުނެފަ އެެވެ.
އާ ސީއީއޯ އެންޑީ އަށް ފަހު، އެމޭޒަން ހިންގުމާ ދެން ހަވާލުވާނެ ކަމަށް ލަފާކުރެވެނީ އެޑަމް ސެލިޕްސްކީ އެވެ. އެޑަމްއަކީ ޓެބްލީއުގެ ސީއީއޯ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ޓެބްލީއު އަކީ އެމޭޒަން ވެބް ސާވިސްގެ ޑާޓާ އެނަލިސިސްގެ ކަންތަކުގައި ބައިވެރިވަމުން އަންނަ ފަރާތެކެވެ.

