Osama Rabie, Chairman of the Suez Canal Authority, monitors the situation near stranded container ship Ever Given, one of the world's largest container ships, after it ran aground, in Suez Canal, Egypt March 25, 2021. Suez Canal Authority/Handout via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY. NO RESALES. NO ARCHIVES

ސުއޭޒް ކެނަލްގައި އަނެއްކާވެސް ބޯޓެއް ބީހިއްޖެ

ސުއޭޒް ކެނަލްގައި އަނެއްކާވެސް ބޯޓެއް ބީހިއްޖެ

ކޮންޓެއިނާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް އަނެއްކާވެސް ސުއޭޒް ކެނަލްގައި ބީހިއްޖެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް މުދާއުފުލުމަށް ބޭނުންކުރާ މައި މަގަށް ބޯޓެއް ބީހުނު ނަމަވެސް، މިހާރު އެބޯޓު ވަނީ ފުންކޮށްފައިވާ ކަމަށާއި، އެ މަގު ބެދި ޓްރެފިކް ބޮޑުުވުން ފަދަ އެއްވެސް ކަމެއް ނުވާ ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީ (އެސްސީއޭ) އިން ވަނީ ބުނެފައެވެ.

1،158 ފޫޓުގެ އެމްވީ މޭސްކް އެމެރަލްޑް ބީހިފައިވަނީ ކުށްލިގޮތަކަށް ދިމާވި އިންޖީން މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ. މި ބިޔަ ބޯޓު ފުންކުރުން ވަރަށް ފަސޭހަ ކަމާއި އެކު ކާމިޔާބު ކުރެވުނު ކަމަށް އެސްސީއޭއިން ބުނެފައިވެއެވެ.

މި ހާދިސާގެ ތެރޭގައި ބައެއް ބޯޓުތައް ކެނަލްގައި ހަދާފައިވާ އިތުރު މަގަކުން ދަތުރުކުރަން ފޮނުވާފައިވެއެވެ.

ޝިޕިންގް ފާމް ލެތް އެޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުން ކެނަލްގައި ބޯޓު ބީހުނު ނަމަވެސް މަގު ބަންދުވުން ފަދަ އެއްވެސް އުނދަގުލެއް ކުރިމަތިވެފައި ނުވެއެވެ.

މީގެ ކުރިން މާރޗް މަހު ސުއޭޒް ކެނަލްގައި އެވާ ގިވެން ނަމަކަށް ކިޔުނު ބޯޓެއް ބީހި، 6 ދުވަސް ވަންދެން އެ ކެނަލްގައި ބޯޓު ތާށިވިއެވެ. މިއާއެކު މަގު ބަންދުވެ، މުދާ އުފުލާ ބޯޓުތަކަށް ދަތުރު ނުކުރެވި ދުނިޔޭގެ ވިޔަފާރިތަކަށް އޭގެ ސަބަބުން އަސަރު ކޮށްފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *