މިސިސް ސްރީ ލަންކާ ގެ ތާޖު އަތުލުމުން މިސިސް ވޯލްޑް ހައްޔަރުކޮށްފި

މިސިސް ސްރީ ލަންކާ ގެ ތާޖު އަތުލުމުން މިސިސް ވޯލްޑް ހައްޔަރުކޮށްފި

ލަންކާގައި ކުރިއަށް ދިޔަ މިސިސް ޝްރީލަންކާ ހޮވުމުގެ ހަފުލާގައި ޕުޝްޕާ ޑީ ސިލްވާ މިސިސް ޝްރީލަންކާ އަށް ހޮވުމުން އޭނާގެ ބޮލުގައި ތާޖު އެޅުވުމަށްފަހު އޭނާ އަކީ ވަރިވެފައިވާ މީހެއްކަމަށް ބުނެ ތާޖު އަތުލި މައްސަލައިގާ މިސިޒް ވޯލްޑް ހައްޔަރު ކޮށްފިއެވެ.

ގަވާއިދު ބުނާ ގޮތުން ވަރިވެފައި ތިބޭ މީހުންނަށް މި ތާޖު ލިބިގެން ނުވާނެ ކަމަށާއި އެގޮތުން އެ ތާޖު ހައްގުވަނީ ދެވަނައަށް ވާދަކުރި ފަރާތަށް ކަމަށް ބުނެ ރަނަރަޕްގެ ބޮލުގައި މިސިސް ޖޫރީ ތާޖު އެޅުވުމުން ޑީ ސިލްވާ ރޮމުން ސްޓޭޖުން ފައިބައިގެން ދާތަން މިހާރު ވައިރަލް ވެފައިވާ ވީޑިއޯތަކުން ފެނެއެވެ.

ޑީ ސިލްވާ ފަހުން ކޮށްފައިވާ ފޭސްބުކު ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ފިރިމީހާއާ ވަކިވެފައި ވީ ނަމަވެސް އަދި ވަރި ނުވާ ކަމަށެވެ. އަދި އޭނާގެ ބޮލަށް ލިބުނު ގެއްލުމަށް ހޮސްޕިޓަލުން ފަރުވާ ކުރަން ޖެހުނު ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ޕުޝްޕާ ބުނެފައިވާ ގޮތުގައި އެކަނިވެރި އެތައް އަންހެނުންނަކަށް އަދި އެކަނިވެރި މައިންނަށް އެ ތާޖު ހައްގު ކަމަށެވެ. އަދި އޭނާއަށް ބޭއިންސާފުން ދިން އަނިޔާއަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައިވެސް ބުނެފައި ވެއެވެ.

މިސިސް ޖޫރީއާ އެކު މިކަމުގައި ބައިވެރިވި ލަންކާގެ އިތުރު މޮޑެލެއް ކަމުގައިވާ ޗޫލާ ޕަދްމެންދުރަ ވެސް ވަނީ ހައްޔަރުކޮށްފައެވެ. އާދިއްތަ ދުވަހު ހިނގައިދިޔަ މިހާދިސާއާ ގުޅިގެން މިސިސް ސްރިލަންކާ ޕޭޖަންޓު އިންތިޒާމުކުރި ފަރާތް ކަމުގައިވާ ޗަންދިމަލް ޖަޔަސިންގެއާއާ ވެސް ފުލުހުން ވަނީ ބުރާސްފަތިދުވަހު ސުވާލުކޮށްފައެވެ.

ކަފާލާތުގެ ދަށުން މިސިސް ޖޫރީ އަދި ޗޫލާ ޕަދްމެންދުރާ ދޫކުށްލާފައިވަނީ 19 އެޕްރީލުގައި ކޮލޮމްބޯ މެޖިސްޓްރޭޓު ކޯޓަށް ހާޒިރުވާ ގޮތަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *