ގަތަރު އެއާވޭސް މުޅި ފްލައިޓެއް ވެކްސިން ފުރިހަމަކޮށްފި

ގަތަރު އެއާވޭސް މުޅި ފްލައިޓެއް ވެކްސިން ފުރިހަމަކޮށްފި

ކޮވިޑް ވެކްސިން ފުރިހަމަ ކުރި "ފުރަތަމަ ފްލައިޓް" ކާމިޔާބުކަމާއެކު އުދުއްސައި ގަތަރު އެއާވޭސް ރެކޯޑެއް ހަދައިފި އެވެ. ގަތަރު އެއާވޭސްއިން ކުރި ޓްވީޓެއްގައި ބުނެފައިިވާ ގޮތުން، ފްލައިޓް "ކިޔޫއާރު6421″ އިން ދަތުރުކުރި އެންމެން، 188 ދަތުރުވެރިންނާއި 18 ކެބިން ކްރޫ އަދި ދެޕައިލެޓުން ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފަ އެވެ.

ގަތަރު އެއާވޭސްއިން ބުނީ މިއީ ކޮވިޑް ވެކްސިން ފުރިހަމަކުރަމުން އަންނައިރު އެއާލައިންތަކުން އަމަލުކުރަން ރަނގަޅު ނަމޫނާ ދަަތުރަކަށް ވާނެ ކަމަށެވެ. ދޯހާގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ތިންގަޑިއިރު ދަތުރުކުރި ފްލައިޓް އެއްވެސް ތަނަކަށް ނުޖައްސަ އެވެ.

ފްލައިޓް ކިޔޫއާރު6421 ގަތަރުން ފުރައިގެން ދަރުތުކޮށް ގޮސް ވަނީ ދުބާއީ ހުރަސްކޮށްފަ އެވެ. އަދި އެނބުރި ގަތަރަށް ދިއުމުގެ މަގުމަތީގައި އޮމާންގެ ވައިގެ ސަރަހައްދު ހުރަސްކުރި އެވެ. މިއީ ދަތުރުވެރިންނަށް ފްލައިޓެއްގެ ތަޖުރިބާކޮށްދިނުމަށް ރޭވި ދަތުރެއް ކަމަށް އޮފިޝަލުން ބުނެ އެވެ.

މިފްލައިޓަށް ދަރުތުވެރިންނައި ފަޅުވެރިން އަދި ކެޕްޓަން އެރީ ވެސް ކޮވިޑް ހާލަތުގައި ސްކްރީންކުރާ އުސޫލުން ސްކްރީންކޮށްގެންނެވެ. ފްލައިޓަށް އެރުމުގެ ކުރިން ކޮންމެ މީހަކު ވެސް ވެކްސިން ޕާސްޕޯޓް ނުވަތަ ކޮވިޑް ވެކްސިން ފުރިހަމަކުރި ކަމުގެ ހެކި ދައްކަން ޖެހެ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *