މީރާގެ އޮފީސް ޢިމާރާތް

ޓެކްސް ދައްކާ ފަރާތްތަކަށް އެހީވުމަށް މީރާއިިން ކެމްޕޭނެއް ފަށައިފި

ޓެކްސް ދައްކާ ފަރާތްތަކަށް އެހީވުމަށް މީރާއިިން ކެމްޕޭނެއް ފަށައިފި

ޓެެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މީރާގައި ރަޖިސްޓްރީވާން ޖެހޭ ފަރާތްތަކަށް އެހީީތެރިވުމުގެ ގޮތުން ކެމްޕޭނެއް ފަށައިފިއެވެ. މީރާއިން ބުނީ ޓެކުހުގެ ގާނޫނުތަކުގެ ދަށުން މީރާގައި ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓަރީކުރެވިފައި ނުވާ، ފަރާތްތައް ރަޖިސްޓަރީކުރުމަށް ބާރުއަޅައި އެހީތެރިވުމުގެ ގޮތުން މީރާއިން ޚާއްސަ ކެމްޕޭނެއް ފަށާފައި ވާކަމަށެވެ.

މި ކެމްޕޭނަކީ މީރާއިން މި އަހަރު ތައާރަފްކޮށްފައިވާ މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕްލޭންގެ ދަށުން ހިންގާ ހަރަކާތެއްކަމަށް މީރާއިން މައުލޫމާތު ދެއެވެމި ކެމްޕޭނުގެ މަގްސަދަކީ، ޓެކުހުގެ ޤާނޫނުތަކުގެ ދަށުން މީރާގައި ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، މީރާގައި ރަޖިސްޓަރީކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން، އެ ފަރާތްތަކުން އަދާކުރަންޖެހޭ ޓެކުހާ ގުޅޭ އިލްތިޒާމުތައް ފުރިހަމަކުރުމަށް އެހީތެރިވެދިނުންކަމަށް މީރާއިން ފާހަގަކުރެއެވެ.

މި ކެމްޕޭނުގެ ދަށުން މީރާގައި ރަޖިސްޓަރީކުރަން ހުށަހަޅާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ވެސް ނިންމާފައިވާކަމަށާއި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހަޅަން ޖެހެނީ 117 MIRA (އިންކަމް ޓެކްސް ރެޖިސްޓްރޭޝަން)، އަދި ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންޖެހެނީ (105 MIRA (ޖީ.އެސް ޓީ ރެޖިސްޓްރޭޝަންފޯމު ކަމަށް މީރާއިން ވަނީ ބުނެފައެވެ. .

އެހެންކަމުން ޓެކުހުގެ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓަރީކޮށްފައި ނުވާ ފަރާތްތަކުން ރަޖިސްޓަރީކުރުމަށް ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *