ރައުހަތު ސްޕޯޓްސްއާއި ސޮސައިޓީފޯ ވާދޫ ޔޫތާއިއެކު ސްޕޯޓްސް ޑިސިޕްލިން ޖެނެރޭޝަން އެއް އުފެއްދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސް ވުުމުގައި ސޮއިކޮށްފައި ވަނީ މިއަދު ގދ ވާދޫގައި ރައުހަތު ސްޕޯޓްސް އާއި ސޮސައިޓީ އޮފް ވާދޫ ޔޫތް އިންބޭއްވި ބައްދަލުވުމެއްގައިއެވެ.
މިޕްރޮގްރާމްގައި މައުލޫމާތު ދެއްވާފައި ވަނީ ކާއްޑޭ ސްޕޯޓްސްގެރައީސް އަހުމަދު ޙާތިމް، ކާއްޑޭ ސްޕޯޓްސްގެ ވައިސް ޕްރެސިޑެންޓް އަހުމަދު މޫބިން އަދި ކާއްޑޭ ސްޕޯޓްސްގެ ޑިރެކްޓަރ އާދަމް ލަރީފް (ރޮނާ)އެވެ. މީގެ އިތުރުން އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ތިނަދޫ ރީޖަނަލް ކޯޗު ރައުހަތު ޤުދުރަތުﷲ ވަނީ އެތްލެޓިކްސް ކޯޗިންގ ޑިވެލޮޕްމަންޓާ ގުޅޭ ސެޝަންއެއް ނަގައިދީފައެވެ.
މިއެއްބަސްވުމުގެ ދަށުން ގދ ވަދޫގައި ހުރި އިޖްތިމާޢި އަދި ކުޅިވަރުތަކުގައި ރަގަޅުކުރުމަށް ހުރި ކަންކަމަށް ރައުހަތު ސްޕޯޓްސްއިން ވަނީ އެއްބަސްވެފައެވެ.
އެގޮތުން ރައުހަތު ސްޕޯޓްސް އަކީ ރާއްޖޭގެ އެތްލެޓިކްސް ގައި ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ކްލަބެކެވެ.

