ފޭކް ކޮވިޑް ވެކްސިންތަކެއް އަތުލައިގެންފި

ފޭކް ކޮވިޑް ވެކްސިންތަކެއް އަތުލައިގެންފި

ޗައިނާ އަދި އެފްރިކާއިން ފޭކު ކޮވިޑް ވެކްސިންގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފިއެވެ.

އެކި ގައުމުތަކުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ބޮޑެތި ޕްރޮގްރާމްތަކެއް ފަށާފައިވާއިރު އޭގެން ނާޖާއިޒު ފައިދާ ހޯދުމަށްވެސް އެއްބަޔަކު ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ޗައިނާ އަދި އެފްރިކާގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ އެތައް ހާސް ޑޯޒްގެ ވެކްސިން އަތުލައިގެންފައެވެ. އަދި މިކަމާ ގުޅޭ ގިނަބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް އިންޓަޕޯލް އިން ހާމަކޮށްފައިވެއެވެ.

ޗައިނާގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ފޭކް ކޮވިޑް ވެކްސިން އަތުލައިގެންފައިވާއިރު ވެކްސިން ހެދުމަށް ބޭނުންކުރި ފެކްޓްރީ އަކުން80 މީހުން ހައްޔަރުކޮށްފައިވާކަމަށްވެސް އިންޓަޕޯލް އިން ބުނެފައިވެއެވެ.

އެފްރިކާ ފުލުހުން އިންގި އޮޕަރޭޝަން ގައި2400 ޑޯޒް ފޭކު ވެކްސިން އާއެކު 3 މީހުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން 3 މީހުންނަކީ ޗައިނާމީހުން ކަމާއި ދެން ހައްޔަރުކޮށްފައި ވަނީ ޒެމްބިއާއަށް ނިސްބަތްވާ މީހެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *