ލަންކާގައި ކޮވިޑްގައި މަރުވާ މީހުން ވަޅުލުމަށް ހަމަޖެއްސި ރަށުގެ މީހުން މުޒާހަރާ ކުރަނީ

ލަންކާގައި ކޮވިޑްގައި މަރުވާ މީހުން ވަޅުލުމަށް ހަމަޖެއްސި ރަށުގެ މީހުން މުޒާހަރާ ކުރަނީ

ލަންކާގައި ކޮވިޑް ޖެހި މަރުވާ މީހުން ވަޅުލުމަށް ލަންކާ ސަރުކާރުން ހަމަޖެއްސި ރަށުގެ މީހުން އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފިއެވެ. ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ތެރެއިން ވަޅުލާ މީހުން ވަޅުލުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ އެގައުމުގެ ހުޅަނގު އުތުރުގައި ވަކިން އޮންނަ އިރަނައިތިވު އައިލެންޑުގައެވެ.

އިއްޔެ އެގައުމުގެ ކެބިނެޓުގެ ތަރުޖަމާނު ކެހެލިޔާ ރަމްބުކްވެއްލާ ވަނީ އެގައުމުގެ ހެލްތު މިނިސްޓްރީގެ ޓެކްނިކަލް ކޮމިޓީން އެރަށުގެ ވަކި ސަރަހައްދެއް ކޮވިޑް ޖެހި މަރުވާ މީހުންނަށް ހަމަޖައްސާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

ލަންކާ ސަރުކާރުގެ ނިންމުމާ އިރަނައިތިވު އައިލެންޑުގެ އާންމުން ދެކޮޅުވެ އެކަމާ މުޒަހަރާ ކުރަން ފަށާފައިވާއިރު ސަރުކާރުން ނިންމުން ބަދަލު ކުރުމަށްވެސް ދަނީ ގޮވާލަމުންނެވެ.

އެގައުމުގެ މީޑިއާތަކުން ބުނާގޮތުން ކޮވިޑްޖެހިގެން މަރުވާ މީހުންގެ ތެރެއިން އިރަނައިތިވު އައިލެންޑުގައި ވަޅުލާ މީހުންނަށް ޚާއްސަކޮށްފައިވާ ސަރަހައްދުގައި އެގައުމުގެ އާމީއިން ވަޅުލުމަށް ކޮނުނު ވަޅުތައް އެރަށުގެ އާންމުން ނިކުމެ ވަނީ އެވަޅުތައް ބަންދުކޮށްފައެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ތެރެއިން މުސްލިމުން އަންދާ މައްސަލައިގައި އެގައުމުގެ ސަރުކާރަށް ފާޑުކިޔުން އަމާޒުވުމާއެކު އެގައުމުން ވަނީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ބައިނަލް އަޤުވާމީ ފަރާތްތަކުގެ ޕްރެޝަރާއި ލަންކާގެ މުސްލިމް ކޮމިޔުނިޓީގެ ނުރުހުމުގެ ސަބަބުން ކޮވިޑް ބަލީގައި މަރުވާ މުސްލިމުން އަންދާލުން މިހާރުވަނީ އެގައުމުން ހުއްޓާލާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *