ކޯވިޑް-19ގެ ހާލަތު ގޯސްވަމުންދާނަމަ އަޅާ ފިޔަވަޅުތަށް ވިޔަފާރިތަކަށް ގެއްލުން ކުޑަވާނގޮތްތަކަށް އެޅުމަށް ޓްރޭޑް ޔޫނިއަނުން ކަމާގުޅޭ އިދާރާތަކަށް އިލްތިމާސްކޮށްފި އެވެ. ޓްރޭޑް ޔޫނިއަނުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން ފާއިތުވި އަހަރަކީ ވިޔަފާރިތަކަށް ނުހަނު ގިނަ ދަތިތައް ކުރިމަތިވި އަހަރެއް ކަމަށެވެ.
އެހެންކަމުން ވިޔަފާރިތަކުން މި ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރާއި ވިޔަފާރިތަކުން ގުޅިގެން މަސައްކަތްކުރަމުންދާއިރު މިދަނޑިވަޅުގައި ފުލް ލޮކްޑައުނަކަށް ނުގޮސް ފިޔަވަޅުތައް އެޅޭނެ ގޮތްތަކެއް ހޯދުން މުހިންމު ކަމަށްވެސް ޓްރޭޑް ޔޫނިއަނުން ވަނީ ބުނެފައެވެ. އެގޮތުން މިވަގުތު އެންމެ މުހިންމީ ރެގިއުލޭޓަރީ މެކޭނިޒަމް ވަރުގަދަކޮށް ފުލް ލޮކްޑައުން އަކަށް ނުގޮސް ފިޔަވަޅުތަށް އެޅުން ކަމަށް ޓްރޭޑް ޔޫނިއަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ފަދަ ހާލަތުގައި އަޅާފިޔަވަޅު ވާންވާނީ އިޤްތިސާދީގޮތުން އެންމެ ގެއްލުންކުޑަ ފިޔަވަޅު ތަކަކަށް ކަމަށްވެސް ޓްރޭޑް ޔޫނިއަނުން ވަނީ ބުނެފައެވެ.

