ބީއެމްއެލް އިން ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް މާލެ އަތޮޅު ގުރައިދޫގައި ބަހައްޓަައިފި އެވެ. ގުރައިދޫ ގައި ބެހެއްޓުނު އޭޓީއެމް ސެންޓަރު ހުޅުވައި މިއަދު ވަނީ ހިދުމަތް ވެސް ދޭން ފަށަާފައެވެ. މި ޚިދުމަތަކާއެކު ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާ ކުރުމާއި ބިލްތަކަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ގުރައިދޫގައި އޭޓީއެމް ބެހެއްޓީ އަތޮޅުތަކުގެ ތެރޭގައި ފަސޭހަ ކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި ބޭންކިންގެ ހިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
މާލެ އަތޮޅުގައި މިހާރުވެސް ހަތަރު ރަށެއްގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތަކެއް ގާއިމް ކޮށްފައިވާއިރު ދެ ރަށެއްގައި ބީއެމްއެލްއިން ދަނީ ދެ ބްރާންޗެއްގެ ހިދުމަތް ވެސް ދެމުން ނެވެ. އޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ބީއެމްއެލް އިން ދަނީ ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ހިދުމަތްވެސް ދެ އެވެ.

