5100 ޓޫރިސްޓުންނާއެކު އާ ރެކޯޑެއް!

5100 ޓޫރިސްޓުންނާއެކު އާ ރެކޯޑެއް!

ކޮވިޑް-19 އަށް ފަހު އެއް ދުވަހެއްގެ ތެރޭގައި ރާއްޖެ އައި ޓޫރިސްޓުން ގެ ޢަދަދު 5100 ޓޫރިސްޓުންނާއެކު އިއްޔެ ރެކޯޑް އަދަދަކަށް ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަދަދަކީ ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވި ފަހުން ރެކޯޑެކެވެ. މިހާތަނަށް އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނައިން މީހުން އައި ދުވަހަކީ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ރާއްޖެއަށް 4195 މީހުން އައިސްފައިވެ އެވެ.

ރާއްޖެއަށް ގިނަ އަދަދަކަށް ޓޫރިސްޓުން އައިސް އާ ރެކޯޑެއް ހެދިއިރު ރާއްޖެ އަށް އަންނަ އެއާލައިންގެ އަދަދު ވެސް ދަނީ އިތުރު ވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖެ އަށް 26 އެއާލައިންއަކުން ދަނީ ޓޫރިސްޓުން ގެންނަމުންނެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 159126 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ އިންޑިއާ އެވެ. އެ ގައުމުން މިހާތަނަށް 62960 ޓޫރިސްޓުން އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނައިން މީހުން އައިސްފަނީ ރަޝިއާ އިންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *