ދުނިޔޭގެ އެއްވަނަ ޓެނިސް ފިރިހެން ކުޅުންތެރިޔާ ނޯވެކް ޖޯކޮވިޗް އޮސްޓްރޭލިއަން އޯޕަންސްގެ ތަށި 9ވަނަ ފަހަރަށް އުފުލާލައިފިއެވެ.
ޖޯކޮވިޗް މިފަހަރު ތަށި އުފުލާލައިފައިވަނީ މިއަދު ފައިނަލުގައި ދުނިޔޭގެ ހަތަރުވަނަ ފިރިހެން ކުޅުންތެރިޔާ ރަޝިޔާގެ ޑެނިލް މެޑްވެޑޭވް ސީދާ 3 ސެޓުން ބަލިކުރުމަށްފަހުގައެވެ. 7400 ބެލުންތެރިންގެ ކުރިމަތީގައި ޖޯކޮވިޗް މުބާރާތުގެ ފަހު މެޗު ކާމިޔާބު ކުރީ 2-6 2-6, 5-7 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ކުރިން، މެޑްވެޑޭވް ވަނީ ޖެހިޖެހިގެން 20 މެޗުވެސް ކާމިޔާބު ކޮށްފައެވެ. ނަމަވެސް މިހާތަނަކަށް އޭނާއަކަށް ގްރޭންޑް ސްލޭމެއް ވަނީ ކާމިޔާބު ނުކުރެވިފައެވެ.
އުމުރުން 33 އަހަރުގައި މި ހޯދި ކާމިޔާބީއާއިއެކު ޖޯކޮވިޗްވަނީ 18 ގްރޭންޑް ސްލޭމް ޓައިޓްލްސް ކާމިޔާބު ކޮށްފައެެވެ. އެހެންކަމުން ގްރޭންޑް ސްލޭމްގެ ރެކޯރޑު މުގުރާލަން އޭނާ ދެން ކާމިޔާބު ކުރަންޖެހޭނީ އެންމެ 2 ގްރޭންޑް ސްލޭމެވެ. 20 ގްރޭން ސްލޭމްގެ ރެކޯރޑު މިހާރު އޮތީ ސްވިޓްޒަލޭންޑްގެ ރޮޖެރ ފެޑެރާ އާއި ސްޕެއިންގެ ރަފޭލް ނަޑާލްގެ އަތުގައެވެ.

