ދިރުން ހުރިތޯ ބެލުމަށް ނާސާއިން ފޮނުވި އުޅަނދު މާސް އަށް ތިރިކޮށްފި!

ދިރުން ހުރިތޯ ބެލުމަށް ނާސާއިން ފޮނުވި އުޅަނދު މާސް އަށް ތިރިކޮށްފި!

މާސް ގައި ދިރުން ހުރިތޯ ބެލުމަށް ނާސާއިން ފޮނުވި އުޅަނދު ހަތް މަސްދުވަހުގެ ދަތުރަކަށްފަހު 470 މިލިއަން ކިލޯމީޓަރު ކަޑައްތުކޮށް މާސް އަށް ތިރިކޮށްފިއެވެ. ނާސާގެ އުޅަނދު މާސް އަށް ތިރިކޮށްފައިވާއިރު މާސްގައި ދިރުން ހުރިތޯ ބެލުމަށް ކުރަން ޖެހޭ ދިރާސާތައް ކުރުމަށް އެ އުޅަނދުގައި ވަނީ ފަހުގެ ސައިންޓިފިކް އާލާތްތައް ހަރުކޮށްފައެވެ.

މި މިޝަންގައި މާސްގެ ފަށަލަ ތޮރުފައި ސާމްޕަލް ނަގައި އިތުރު ތަހުލީލުތައް ކުރުމަށް ބައެއް ސާމްޕަލް ދުނިޔެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ނާސާގެ އުޅަނދަށް މާސްގެ ޖައްވުގެތެރެއަށް ވަދެވުމާއެކު ވަނީ ގަޑިއަކު 20،000 ކިލޯމީޓަރުގެ ބާރު މިނުގައި ދަތުރުކޮށްފައެވެ. އެއަށްފަހު ހަތްމިނެޓު ތެރޭ އުޅަނދު މާސްއަށް ތިރިކޮށްފައިވާއިރު މިއީ މިހާތަނަށް ނާސާގެ އިންޖިނިއަރުންނަށް އެންމެ އުނދަގޫވެގެންދިޔަ ހަތް މިނެޓުކަމަށް ނާސާއިން ބުނެއެވެ.

ދުނިޔެއިން ނާސާއަށް ތަހުލީލުތައް ކުރުމަށް މިހާތަނަށް 14 ޖައްވީ އުޅަނދު ފޮނުވާފައިވާއިރު ކާމިޔާބު ވެފައިވަނީ އަށް އުޅަނދުގެ މަސައްކަތެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *