ނަވާޒް ޝަރީފްގެ ޕާސްޕޯޓް އާ ނުކޮށްދޭނެ ކަމަށް ބުނެފި!

ނަވާޒް ޝަރީފްގެ ޕާސްޕޯޓް އާ ނުކޮށްދޭނެ ކަމަށް ބުނެފި!

ސިއްޙީ ފަރުވާއަށް 2019 ވަނައަހަރުގެ ނޮވެމްބަރު ގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަހުން އެނބުރި ވަޑައި ނުގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ނަވާޒް ޝަރީފް ގެ ޕާސްޕޯޓް ގެ މުއްދަތު ހަމަވިނަމަވެސް ޕާސްޕޯޓް އާ ނުކޮށްދޭނެ ކަމަށް ޕާކިސްތާން ސަރުކާރުން ބުނެފިއެވެ.

ޕާކިސްތާން އިންޓީރިއާ މިިނިސްޓަރު ޝެއިހް ރާޝިދު މުހައްމަދު ވިދާޅުވީ ނަވާޒް ޝަރީފްގެ ޕާސްޕޯޓުގެ މުއްދަތު އަންގާރަ ދުވަހު ހަމަވާނެ ކަމަށާއި އެހެން ނަމަވެސް ޕާސްޕޯޓް އާކޮށްދޭން ބޭނުން ނުވަނީ އިނގިރޭސިވިލާތުން އެމަނިކުފާނު ގެނައުމަށް މަގުފަހި ކުރުމަށް ކަމަށެވެ.
އިނގިރޭސިވިލާތާއެކު ކުށްވެރިން އަދި ސިޔާސީ ހިމާޔަތް ހޯދައިގެން އުޅޭ މީހުން ބަދަލު ކުރުމާ ގުޅޭ އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ޕާކިސްތާނުން ހަދާފައި ނުވާތީ ނަވާޒު ޝަރީފު ޕާކިސްތާނަށް ގެނައުމަކީ ޕާކިސްތާނަށް ކުރެވޭނެ ކަމެއް ނޫނެވެ.

މަޢުލޫމާތު ލިބޭގޮތުގައި ޕާސްޕޯޓް މުއްދަތު ހަމަވާތީ ނަވާޒް ޝަރީފް ދަނީ އނިގިރޭސި ސަރުކާރާއެކު މަޝްވަރާ ކުރަމުންނެވެ. އެހެންކަމުން އިނގިރޭސިވިލާތުން ނަވާޒު އެދިވަޑައިގަންނަވާ ކަންތައްތައް ކޮށްދީފި ނަމަ ނަވާޒް ޝަރީފަށް ޔޫކޭއިން ބޭރުވެ އެހެން ގައުމުތަކަށް ދަތުރު ކުރެއްވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *