ނިއުކްލިޔަރ އެއްބަސްވުމަށް އީރާން އަނބުރާ އައުމަށް ގޮވާލައިފި!

ނިއުކްލިޔަރ އެއްބަސްވުމަށް އީރާން އަނބުރާ އައުމަށް ގޮވާލައިފި!

2015 ވަނަ އަހަރު ވެފައިވާ ނިއުކްލިޔަރ އެއްބަސްވުމަށް އީރާން އަނބުރާ އައުމަށް ޖަރމަނީގެ ޗާންސެލަރ އެންގެލާ މާކަލް ގޮވާލައްވައިފިއެވެ. އީރާންގެ ރައީސް ޙަސަން ރޫހާނީއަށް ފޯނުން ގުޅުއްވާ ވާހަކަދައްކަވަމުން އެންގެލާ މާކަލް ވިދާޅުވީ ނިއުކްލިއަރ އެއްބަސްވުމަށް އަނބުރާ އަންނަން އީރާނުން ފެހި ސިގްނަލްތަކެއް ދޭން ޖެހޭ ކަމަށާއި އެމެރިކާ ފަދަ ގައުމުތަކާއެކު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ވެސް އިރާނުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

އެންގެލާ މާކަލްގެ ސްޕޯކްޕަރސަންގެ ވިދާޅުވީ އެކަމަނާ ހުންނެވީ އީރާންއާ މެދު ކަންބޮޑުވެފައި ކަމަށެވެ. ސަބަބަކީ އީރާނުން ކުރިން އެއްބަސްވެފައިވާ މުއާހަދާއާ ޚިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާތީއެވެ. އަދި މިހާރު ވެސް އެކަން އެގޮތަށް ހިނގަމުންދާ ކަމަށް އެންގެލާ މަރކަލް ވިދާޅުވެފައިވާކަމަށް ސްޕޯކްޕަރސަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ މި މުއާހަދާއަށް އެއްބާރުލުންދީ އެ މުޢާހަދާއާ އެއްގޮތަށް ކުރިއަށް ގެންދަން ބޭނުންފުޅުވާކަން ހާމަކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *