ރިސޯޓުގެ ބިމު ކުލީގެ އާމްދަނީ އިތުރު ވެއްޖެ!

ރިސޯޓުގެ ބިމު ކުލީގެ އާމްދަނީ އިތުރު ވެއްޖެ!

ރިސޯޓުތަކުގެ ބިމު ކުލިން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު މިންވަރު އިތުރު ވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ދައުލަތުގެ ހަފުތާގެ މާލީ ރިޕޯޓު ދައްކާ ގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުން ކުލީގެ ގޮތުގައި 57.2 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މުއްދަތުގައި ކުލީގެ ގޮތުގައި ލިބުނު 41.0 މިލިއަން ރުފިޔާއާ އަޅާބަލާނަމަ ގާތްގަނޑަކަށް 28 ޕަސެންޓުގެ އިތުރު ވުމެކެވެ.

މި އަހަރު ރިސޯޓުތަކުން ބިމު ކުލީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ބަޖެޓުގައި ޖަހާފައިވަނީ 1.8 ބިލިއަން ރުފިޔާ އެވެ.

ރިސޯޓުތަކުން މިހާތަނަށް ލިބުނު ކުލި އިތުރުވީއިރު ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ހީނަރުވެފައިވާތީ ރިސޯޓްތަކުގެ ކުއްޔާއި ސަރުކާރުގެ އެހެން ބިންތަކުގެ ވަނީ އެއް އަހަރު ދުވަހަށް ފަސް ކޮށްދީފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *