ޓްރަމްޕްގެ އިމްޕީޗްމަންޓް ޓްރެއަލްއަކީ ޤާނޫނާ އެެއްގޮތަށް ކުރިޔަށްދާ ކަމެއް!

ޓްރަމްޕްގެ އިމްޕީޗްމަންޓް ޓްރެއަލްއަކީ ޤާނޫނާ އެެއްގޮތަށް ކުރިޔަށްދާ ކަމެއް!

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ އިމްޕީޗްމަންޓް ޓްރެއަލް އަކީ ޤާނޫނާ އެއްގޮތަށް ކުރިޔަށްދާ ޓްރެއަލްއެއް ކަމަށް ސެނެޓުން ފާސްކޮށްފިއެވެ. އަންގާރަ ދުވަހު ޓްރަމްޕްގެ އިމްޕީޗްމަންޓް ޓްރެއަލް ސެނެޓްގައި ފަށާފައިވާއިރު ހައުސްގެ އިމްޕީޗްމަންޓް މެނޭޖަރސް ވަނީ އިމްޕީޗްމަންޓް އަރޓިކަލްސް ހުށަހަޅާފައެވެ. ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކުރުމަށް މަސައްކަތްކުރަމުންދަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގެ ތެރެއަށް ބަޔަކު ގަދަކަމުންވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

އަނެއްކޮޅުން ޓްރަމްޕްގެ އިމްޕީޗްމަންޓާ ގުޅިގެން ހައުސްގެ މެނޭޖަރުން ދިން ޕްރެޒެންޓޭޝަނަށް ރިޕަބްލިކަންގެ ގިނަ ސެނެޓަރުންގެ ތައުރީފް ވެސް ވަނީ ލިބިފައެވެ. އަދި ޓްރަމްޕްގެ ލޯޔަރުންގެ ޓީމުން ހުށަހެޅި ޕްރެޒެންޓޭޝަން ރަނގަޅުނުވުމުގެ ސަބަބުން ރިޕަބްލިކަންގެ ގިނަ ސެނެޓަރުންގެ އިތުރުން ހުދު ޓްރަމްޕް ވެސް ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސެނެޓުން ނިންމާފައިވަނީ ޓްރެއަލް ކޮންމެ ދުވަހަކުވެސް ކުރިޔަށް ގެންދިޔުމަށެވެ. އަދި އަންނަ ހަފްތާގެ އާދިއްތަ ނުވަތަ ހޯމަ ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކުރުމަށް ވޯޓަށް އަހާނެކަމަށް ބެލެވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *