އަޔަލޭންޑްގެ ބޯޑަރުތަކުން ފަސޭހައިން ވިޔަފާރިކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލައިފި

އަޔަލޭންޑްގެ ބޯޑަރުތަކުން ފަސޭހައިން ވިޔަފާރިކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލައިފި

އަޔަލޭންޑްގެ ބޯޑަރުތަކުން ފަސޭހައިން ވިޔަފާރިކުރުމުގެ ފުރުސަތު ދިނުމަށް އިނގިރޭސިވިލާތުން ގޮވާލައިފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވަނީ އަޔަލޭންޑްގެ ބޯޑަރުތަކުން ފަސޭހައިން ވިޔަފާރިކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލާފައެވެ. ބޮޑުވަޒީރު ޖޮންސަންއާއި އުތުރު އަޔަލެންޑްގެ ޑިމޮކްރަޓިކް ޔޫނިއަނިސްޓް ޕާޓީއާއި ދެމެދު ޚިޔާލު ތަފާތުވެފައިވާ މި މައްސަލައިގައި ވިލާތުގެ އިއްތިހާދުން އަދި ސީދާ ޖަވާބެއް ދީފައެއް ނުވެއެއެވެ.

ބްރެކްސިޓް ޑީލް އެކުލަވާލާފައިވާގޮތުން ވިޔަފާރިކުރުމަށް ބޮޑެތި އުނދަގޫތައް ކުރިމަތިވަމުންދާކަމަށް ވިލާތުގެ ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު އީޔޫގެ ސިންގަލް މާކެޓުގައި ވިޔަފާރިކުރާއިރު އިތުރު ޓެރިފްއެއް ނުނަގާގޮތަށް އެއްބަސްވެ، ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު ވިލާތުގެ އިއްތިހާދުން ވަނީ ވަކިވެފައެވެ. ބްރެކްސިޓަށްފަހު ވިޔަފާރިއަށް އައި ބަދަލުތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން، އިނގިރޭސި ވިޔަފާރިވެރިން ވަނީ ބްރެކްސިޓް ޑީލް އެކުލަވާލިޔަސް، ވަކި ޤައުމެއްގެ ގޮތުގައި ވިޔަފާރިކުރުމަށް އެކުލަވާލަންޖެހޭ ކަރުދާސްތައް ތައްޔާރުކުރުމުގައި އެ ކުންފުނިތަކަށް ބޮޑެތި އުނދަގޫތައް ހުރިކަމަށް ބުނެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *