ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ތަކުން ވިޔަފާރި ކުރާ ފަރާތް ތަކަށް ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެގޮތުން ބީއެމްއެލް އިން ވަނީ ކާޑުން ވިޔަފާރި ކުރާ ފަރާތް ތަކަށް ޑިސްކައުންޓް ދިނުމުގެ ގޮތުން ބީއެމްއެލް އޮފާ ޕޯޓަލް އެއް ތައާރަފު ކޮށްފަ އެވެ. މި ޕޯޓަލްގައި ހިމެނެނީ އެ ބޭންކްގެ ކާޑު ބޭނުންކުރާ ވިޔަފާރި ތަކެވެ.
ބޭންކުން ތައާރަފު ކޮށްފައިވާ އޮފާ ޕޯޓަލްގައި މިހާރު ފަރުނީޗަރާއި ޑައިނިން އަދި ޓްރެވަލް އާއި ރިކްރިއޭޝަން އަދި ސެންޓުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އިތުރުން ކަސްރަތާއި ފިޓްނަސް އަދި މިނޫން ވެސް ގިނަ ވިޔަފާރި ތަކަށް 25 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ދޭއިރު ކުރިއަށް އޮތްތަނުގައި މި ލިސްޓަށް ގިނަ ވިޔަފާރި ތަކެއް އިތުރުވަމުން ދާނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

