އެމެރިކާގެ ސިއްޙަތާބެހޭ ވުޒާރާގެ ޑާޓާތައް ޗައިނާއިން ބެލިކަމުގެ ތުހުމަތު!

އެމެރިކާގެ ސިއްޙަތާބެހޭ ވުޒާރާގެ ޑާޓާތައް ޗައިނާއިން ބެލިކަމުގެ ތުހުމަތު!

ޗައިނާއިން އެމެރިކާގެ ސިއްޙަތާ ބެހޭ ވުޒާރާގެ ޑާޓާތަކެއް ބެލިކަމުގެ ތުހުމަތު އެމެރިކާގެ އިންޓެލް އެޖެންސީއަކުން ކޮށްފިއެވެ. އެމެރިކާގެ ނެޝަނަލް ކައުންޓަރ އިންޓެލިޖެންސް އެންޑް ސެކިއުރިޓީ ސެންޓަރުން ހާމަކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ  ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވެރިން ހެކްކޮށް ޑީ.އެން.އޭ. ބަލާފައިވާ ކަމަށެވެ. އަދި މިކަން ކޮށްފައިވަނީ ކޮވިޑް-19 ގެ ޕެންޑަމިކްގެ ތެރޭގައި ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

މި ރިޕޯޓުގައި އިތުރަށް ބުނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން އެމެރިކާގެ ސިއްޙަތާ ބެހޭ ވުޒާރާގެ ޑާޓާތައް ބެލުމަށް ހަތަރު އަހަރުވަންދެން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެގޮތުން ސިއްހަތާބެހޭ ވުޒާރާގެ ޑާޓާތައް އެކި ގޮތްގޮތަށް ހެކް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓުގައި އިތުރަށް ބުނީ މިއީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ފުރިހަމަ ތަހުގީގީ ރިޕޯޓެއް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭ ނެރޭނެ ކަމަށާއި، އަދި މިކަމުގެ އަޑީގައި ތިބި ކޮމިއުނިސްޓު ޕާޓީގެ ވެރިންގެ ނަން ހާމަކުރާނެ ކަމަށެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *