މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބަދަލުތަކެއް ގެންނަވައިފިއެވެ.
އެމްއެމްއޭއިން ބަދަލުތަކެއް ގެނެސްފައިވަނީ ބޯޑުގައި ހިމެނޭ ޕްރައިވެޓް ސެކްޓާއަށެވެ. އެގޮތުން މި ސެކްޓަރގައި ހިމެނޭ އައްސަދު އަލީ އަދި މުހައްމަދު ޝަހުދީ އަންވަރު ވަނީ މަގާމުން ވަކިކޮށްފައެވެ.
އެމްއެމްއޭއިން ބުނީ، އެ ބަދަލަކީ ދޭތެރެ ދޭތެރެއިން އެ އޮތޯރިޓީގެ ބޯޑަށް ގެންނަ ބަދަލުތަކުގެ ތެރެއިން ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް، އައްސަދު އާއި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން، ސަހުދީ އެ މަގާމަށް އައްޔަން ކޮށްފައިވަނީ ނިމިދިޔަ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.

