މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާ ދައުރަށް މެމްބަރުން އިންތިހާބުކޮށްފި އެވެ.
އިއްޔެ ބޭއްި މީޑިއާ ކައުންސިލްގެ އިންތިޚާބުގައި 139 މީޑިއާއަކުން ވަނީ ވޯޓުލާފައި އެވެ. އެ އިންތިހާބުގައި 22 ކެންޑިޑޭޓުން ވާދަކުރިއިރު އޭގެ ތެރޭގައި ހިމެނެނީ މީޑިއާތަކުން އިންތިހާބުކުރާ 7 މަގާމަށް ވާދަކުރި 11 ކެނޑިޑޭޓުންނާއި އާންމުންގެ ތެރެއިން އެކައުންސިލަށް އިންތިހާބު ކުރާ 3 މެމްބަރުންނަށް ވާދަކުރި 11 ކެނޑިޑޭޓެވެ.
އެ އިންތިހާބުގައި މީޑިއާތަކުން އެމްއެމްސީ އަށް އިންތިހާބުވި މެމްބަރުންނަކީ ފާތިމަތު ޝަނާ މުހައްމަދު (މިހާރު)، ނަޖާހު މަސްއޫދު (ވަގުތު)، ހަސަން ޝާކިރު (އާފަތިސް)، ހަފްސީ އަބްދުﷲ (ހަފްސީ.ކޮމް)، ހުސެއިން ޝަގީފް (ތިލަދުން)، ހުސެއިން ހަސަން (ހަތާވީސް އޮންލައިން)، ފާތިމަތު ނަހުދާ ފާއިޒް (ދިޔަރެސް) އެވެ. މިއަދުގެ އިންތިހާބުގެ އެންމެ ގިނަ ވޯޓާއި އެކު އިންތިހާބުވީ މިހާރު ނޫހުގެ ޝާނާ އެވެ. ޝާނާ ވަނީ ނިމުނު ނޫސްވެރިކަމުގެ އެވޯޑުގައި 2023 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު ހޯދާފައި އެވެ.
އަދި އާންމުންގެ ތެރެއިން އިންތިހާބުވި މެމްބަރުންނަކީ ފާތިމަތު ފަހުމީއާއި އިބްރާހިމް މުހައްމަދުގެ އިތުރުން އިބްރާހިމް ފައުޒީ އެވެ.
މިއަދު އިންތިހާބު ކުރި މެމްބަރުންގެ މެމްބަރު ކަމުގެ ދައުރުގެ މުއްދަތަކީ ދެ އަހަރެވެ.

