ސެން ޓީޗަރުން އުފެއްދުމަށް އައު ޕްރޮގްރާމެއް ފަށަނީ

ސެން ޓީޗަރުން އުފެއްދުމަށް އައު ޕްރޮގްރާމެއް ފަށަނީ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން އުފެއްދުމަށް އައު ކޮންސެޕްޓެއްގައި ޕްރޮގްރާމެއް ފެށުމަށް ސަރުކާރުންނިންމައިފިއެވެ.

މާފަންނު މަދަރުސާގެ 40 އަހަރުގެ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި އައު ޕްރޮގްރާމުގެ ދަށުން ހުރިހާ ޓީޗަރުންނަކީ ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެވޭ ފެންވަރަށް ތަމްރީނުވެފައިވާ ބަޔަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

"ހާއްސަ ގޮތެއްގައި ސެން ޓީޗަރުން ތަމްރީނު ކުރުން މިހާރުވެސް އެޑިއުކޭޝަން މިނިސްޓރީއިން އާ ޕްރޮގްރާމެއް ފެށުމުގެ މަރުހަލާގައި އެ ދަނީ، އާ ކޮންސެޕްޓެއްގަ، އިންކުލޫސިވް ގޮތެއްގައި ހުރިހާ ޓީޗަރުންނަކީވެސް އެ ދާއިރާއަށް ތަމްރީނު ލިބިފައިވާ ޓީޗަރުންނަށް ހެދުމަށް ހާއްސަކޮށް އެދާއިރާގެ ޓީޗަރުން އުފެއްދުމައް މަސައްކަތްތަކެއް ކުރިއަށް އެދަނީ" ރައީސް ވިދާޅުވިއެވެ

އެޑިޔުކޭޝަން މިނިސްޓްރީން މިހާރުވެސް މި ޕްރޮގްރާމު ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމުގެ ދަށުން އިންކްލޫސިވް އުސޫލަކުން ހުރިހާ ޓީޗަރުންނަކީ ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމާއެކު، ހާއްސަކޮށް އެ ދާއިރާއަށް ޓީޗަރުން އުފެއްދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޓީޗަރުންނަށް މި ޕްރޮގްރާމު ފަށައިގެން ޑިޕްލޮމާއިން ފެށިގެން ޑިގްރީ ފެންވަރަށް ތަމްރީނު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އަދި ސެން ޓީޗަރުންނަށް ރިސްކް އެލަވަންސްގެ ގޮތުގައި ހާއްސަ އިނާޔަތެއް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަފާތުކުރުމެއް ނެތި، އިންކްލޫސިވް ގޮތެއްގައި ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިކަމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *