އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ކުޑަހުވަދޫން މިހާރު ނެގޭނެ

އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ކުޑަހުވަދޫން މިހާރު ނެގޭނެ

"އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ދ. ކުޑަހުވަދޫ އިން ނެގުމުގެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ކުޑަހުވަދޫން ނެގުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ޕާސްޕޯޓަށް އެދި ހުށައަޅާއިރު، ޕާސްޕޯޓް ނަގަން ބޭނުންވާ ތަން ނުވަތަ ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ކުޑަހުވަދޫ ނެގުމުން ޕާސްޕޯޓް އެ ރަށުން ލިބޭނެ ކަމަށް އިމިގްރޭޝަންގެ ޕޯސްޓުގައިވެއެވެ.

އެ ޕޯސްޓުގައިވާ ގޮތުން ކުޑަހުވަދޫން ޕާސްޕޯޓް ލިބޭނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުއެވެ. އަދި މުއްދަތު ނެތްނަމަ އަވަހަށް ލަސްނުކޮށް ޕާސްޕޯޓް އާ ކުރުމަށް އެދިފައިވެއެވެ. މިއީ ކުޑަހުވަދޫ އާއި އެ އަތޮޅުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ.

މީގެކުރިން ނަމަ، އެ ރަށްތަކުގެ ރައްޔިތުން ޕާސްޕޯޓް ބަލާ އަންނަން ޖެހެނީ މާލެއަށެވެ.

މިކަމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހުރިހާ އަތޮޅަކުން ވެސް ރާއްޖޭގެ ޕާސްޕޯޓް ލިބޭނެ ގޮތް ހެދުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން ކުރި މަސައްކަތެކެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާނު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ހުރިހާ ސިޓީތަކުގެ އިތުރުން ހއ.ދިއްދޫގައި ވެސް މި ހިދުމަތްތަށް ލިބެން ހުންނާނެ ކަމަށެވެ. ޝައްމާނު ވިދާޅުވީ، އަމާޒަކީ 2025 ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސްް ދިވެހިރާއްޖޭގެ ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *