ތިނަދޫ ސިޓީގެ ކަންތަކުގައި ބަޣާވާތޭ ކިޔުމުގެ ފުރަސަތު އެއްވެސް މީހަކަށް ނެތް – ސައުދުﷲ

ތިނަދޫ ސިޓީގެ ކަންތަކުގައި ބަޣާވާތޭ ކިޔުމުގެ ފުރަސަތު އެއްވެސް މީހަކަށް ނެތް – ސައުދުﷲ

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ އޮޅުވާލައިގެން ހުށަހެޅި ލިޔެކިއުންތަކެއްގެ މައްޗަށް ބިނާކޮށް ކަމުގައި ބުނެ އެ ދަރަޖަ ބާތިލް ކުރުމަށް ކޯޓަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެން، އެކަމަކީ ބަޣާވާތެކޭ ކިޔުމުގެ ފުރުސަތެއް އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމުގައި ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ސައުދުﷲ ޙިލްމީ ވިދާލުވެއްޖެއެވެ

މެމްބަރު ސައުދުﷲ ވިދާޅުވީ ތިނަދޫ، ސިޓީއަކަށް ހެދުމާއި އެއާ ގުޅޭ އެހެނިހެން ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދައުރެއް އޮތް ކަމަށް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް އެކަން އޮތީ އެހެން ނޫން ކަމަށެވެ. އަދި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދި އިބްރާހިމް ސާލިހުގެ ވެރިކަމުގައި އެމަނިކުފާނަށް ފެނިވަޑައިގަތް ފެނިވަޑައިގަތުމަކަށް ޤާނޫނާ ޚިލާފަށް ކަމުގައިވެސް މެމްބަރު ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ ރައީސް ޑރ. މުއިއްޒުއާ ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމާ ގުޅޭ ހިސާބަކީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްޓަކައި އޭރުގެ ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް،، ފާސްކުރި ބިލް ތަސްދީގު ކުރުން ކަމަށެވެ. އެއީ އެ ގާނޫނަށް ގެނައި 11 ވަނަ އިސްލާހެވެ.

އެމްޑީޕީގެ ބޮޑު އަޢުލަބިއްޔަތު އޮތް 19 ވަނަ މަޖިލީހުން އެބިލް ފާސްކުރީ 18 މާރިޗް 2024 ގައެވެ. ރައީސް ޑރ. މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވީ 26 މާރިޗް 2024 ގައެވެ. އެއާއެކު އެ ގާނޫނުން ރައީސްއަށް ކުރަން ލާޒިމް ކުރި ކަންކަން ފުރިހަމަކޮށްފައިވާކަން ރައީސް އޮފީހުން އެދުވަހު ހާމަކުރިއެވެ.

"ކަަންކަން އެގޮތަށް ހިނގާފައި އޮތުމުން ތިނަދޫ، ސިޓީއަކަށް ބަދަލުކުރުމާއި އެއާ ގުޅޭ އެއްވެސް ކަމެއްގައި ރައީސް ޑރ. މުއިއްޒު އަމިއްލަފުޅަށް އެއްވެސް ކަމނެއް ކުރައްވާފައިނުވޭ. އެހެން ކަމުން ޑރ. މުއިއްޒުއާ ގުޅުވައިގެން ތިނަދޫ ސިޓީގެ ކަންތަކުގައި އެއްވެސް ވާހަކައެއް ދެއްކުމުގެ އެއްވެސް ފުރުސަތެއް، އަމުދުން ސަރުކާރާ ދެކޮޅޭ ބަޣާވާވޭ ކިއުމުގެ އެއްވެސް ފުރުސަތެއް އެއްވެސް މީހަކަށް ލިބިގެން ނުވޭ" ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ކެމްޕެއިން ތެރޭ ތިނަދޫގައި އެމަނިކުފާނު ވައުދުވެވަޑައިގަތީ ޤާނޫނުގެ ތެރެއިން ތިނަދޫ ސިޓީއަކަށް ހައްދަވައި ދެއްވާނެ ކަމުގައި ކަމަށެވެ. އަދި ރައީސްގެ އެ ވައުދު ޤާނޫނުގެ ތެރެއިން ފުއްދަވައިދެއްވާނެ ކަމަށާއި ތިނަދޫ އޮންނާނީ ސިޓީއެއްގެ ގޮތުގައި ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *