އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރަން އައުޓްރީޗް ޕްރޮގްރާމް ފަށަނީ

އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރަން އައުޓްރީޗް ޕްރޮގްރާމް ފަށަނީ

އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލޭއް ބިނާކުރުމަށް، ވޯލްޑް ބޭންކުގެ އެހީގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ތަންފީޒު ކުރާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ އައުޓްރީޗް ޕްރޮގްރާމް އަންނަ އާދިއްތަ ދުވަހު ފެށުމަށް ނިންމައިފިއެވެ

އައުޓްރީޗް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ލ އަތޮޅުންނެވެ. އެގޮތުން، މި މަހު 7 އިން 10 އަށް ލ.ހިތަދޫ، ފޮނަދޫ އަދި ގަމަށް ސެއިލްސް އަދި ނޭޝަނަލް ކެރިއާސް ސާވިސްގެ ޓީމެއް ދަތުރުކުރާނެއެވެ.

އަތޮޅުތެރެއަށް ކުރާ މި ދަތުރުތަކުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ރަށުގެ ޒުވާނުންނާއި، ވިޔަފާރިވެރިން، އަދި އަމިއްލަ ޖަމްއިއްޔާތަކާ ބައްދަލުކޮށް ސެއިސްލް ޕްރޮޖެކްޓުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ނޭޝަނަލް ކެރިއަރސް ސާވިސް (އެންސީއެސް) ގެ ހިދުމަތްތަކުގެ މަޢުލޫމަތު ފޯރުކޮށްދީ, އެންސީއެސް ޕޯޓަލް އަހުލުވެރިކޮށް، ވަޒީފާ ހޯދާފަރާތްތަކާއި ވިޔަފާރިވެރިން، އެންސީއެސް ޕޯޓަލްގައި ރަޖިސްޓަރީ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެއެވެ.

އެންސީއެސްގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކެރިއާ ގައިޑެންސްގެ ހިދުމަތް ދަރިވަރުންނާއި، އެފަރާތްތަކުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، މަދުރަސާ ނިންމުމަށްފަހު ވަޒީފާގެ ބާޒާރަށް ނުކުންނަން ތައްޔާރުވާ ފަރާތްތަކާއި، ވަޒީފާއަދާ ކުރަން ފެށުމަށްފަހުވެސް ކެރިއަރ އެގްވައިސް ހޯދޭނެ އިންތިޒާމް ފަހިކޮށްދިނުމުގެ މަސައްކަތް މިހާރުވާނީ ފެށިފައެވެ.

މީގެ އިތުރުން، ރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް، ވަޒީފާއަށް ބޭނުންވާ މުޙިއްމު ހުނަރުތައް ދަސްކޮށްދިނުމަށް ސެއިލްސް ޕްރޮޖެކްޓުން ޕްރޮގްރާމްތެއް ވަރަށް އަވަހަށް ފެށުމަށްވަނީ ހަމަޖެހިފައެވެ. އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ, އަމިއްލަ ވިޔަފާރިތަކާ އަދި ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިން އިތުރުކުރުމަށާ، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް، އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެދިއުން ހިމެނެއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *